ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން އެމްއެންޔޫ އާއި ގުޅިގެން ކޯސްތަކެއް ކުރިއަށް ގެންދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ޢިޖުތިމާޢީ ޚިދުމަތްތެރިންނާއި ކައުންސިލިން ދާއިރާ އިން މީހުން ތަމްރީނު ކުރުމުގެ ގޮތުން ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިކޯސްތައް ހާއްސަ ކުރެވިފައިވަނީ މިނިސްޓްރީގައި މިދާއިރާތަކުން ޚިދުމަތްކުރާ މުވައްޒަފުންނަށާއި އާންމުންގެ ތެރެއިން މިދާއިރާތަކުން ތަމްރީނުވުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.
އެޑްވާންސް ސެޓްފިކެޓުން ފެށިގެން މާސްޓާސްއާއި ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިކޯސްތަކުގެ ފުރަތަމަބުރުގައި 100 ފަރާތަކަށް ބައިވެރި ވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ކޯސްތަކުގެ ތެރޭގައި ސޯޝަލް ސަރވިސް ދާއިރާއިން އެޑްވާންސް ސެޓިފިކެޓް އަދި ބެޗެލަރސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތަކާއި، ކައުންސިލިން ދާއިރާއިން ބެޗެލަރސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތައް ހިމެނެއެވެ.

މި ކޯސްތައް ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު ފެބްރުއަރީ އަދި އޮގަސްޓު މަހު ވަނީ ކޯސްތަކަށް ހުޅުވާލުމަށް ނިންމާފައެވެ. މި ކޯސްތަކުގެ ފުރަތަމަ ބުރު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވެބްސައިޓުން އިން ލިބެން ހުންނާނެ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މިފަދަ ކޯސްތަކެއް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ މިވުޒާރާގައި މިދާއިރާތަކުން ޚިދުމަތްދިނުމަށް ތިބި ފަރާތްތަކުގެ އިތުރުން އިޖުތިމާއީ މަސައްކަތް އަދި ކައުންސިލިން ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމާއި ތަމްރީނުގެ ގޮތުން ފަހިފުރުޞަތުތަކެއް ހޯދައިދިނުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެވުޒާރާގެ ދަށުގައި ކުޑަކުދިންނަށާއި ޢާއިލާތަކަށް ޚިދުމަތް ފޯރުކޮށްދޭ 19 މަރުކަޒެއް ހުރިއިރު، އެ ވުޒާރާއާއި މަރުކަޒުތަކުގައި ޚިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތްކުރާ ފަރާތްތަކަކީ ކަމާގުޅޭ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ޤާބިލް ބަޔަކަށް ހެދުމަކީ އެވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ނުހަނު އިސްކަމެއް ދެއްވާ ކަމެއް ކަަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: