ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް ގްރޫޕާއިއެކު އެޗްޑީސީއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަރބަން އައިލްގެ ކޮމާރޝަލް ސްޕައިން ތަރައްގީކުރުމަށް ޗައިނާގެ ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް ގްރޫޕާއިއެކު އެޗްޑީސީއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކޮށްފައިވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. ކޮމާރޝަލް ސްޕައިންއަކީ ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރެވެމުންދާ އަރބަން އައިލްގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަކުރެވިފައިވާ އިމާރާތްތަކެވެ. އެގޮތުން މިއޭރިއާގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް މި ސްޕައިން މެދުވެރިކޮށް ލިބިގެންދާނެއެވެ.

ކޮމާރޝަލް ސްޕައިންގެ މި މަޝްރޫއަށް ޖުމްލަކޮށް 50 މިލިއަން ޑޮލަރު ހޭދަވެގެންދާނެއެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން ހެދޭ ހަތް އިމަރާތް ވާނީ ގުޅިފައެވެ. އެއީ ކޮމާރޝަލް 6 އިމާރާތަކާއި 1 ސަޕޯރޓިންގ ހިދުމަތްތައް ދިނުމަށް ހަދާ އިމާރާތެވެ. މި ތަންތަނުން ރީޓެއިލް ފިހާރަތަކާއި ވެލްނެސް އަދި އެންޓަރޓެއިންމެންޓްގެ ހިދުމަތްތަކުގެ އިތުރުން، ބޭންކިނގ ފަދަ އިތުރު ތަފާތު ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ. މި އިމާރާތްތަކަށް ސްޕައިންގެ ނަމުން ނަންދެވިފައިވަނީ މި އިމާރާތްތައް ގުޅާލެވިފައިވާތީއެވެ.

މި ސްޕައިން ހެދިގެންދާނީ 290،000 އަކަފޫޓުގެ ސަރަހައްދެއްގައި 3-4 ފްލޯއަށެވެ. އަދި މި ސްޕައިން ވެގެންދާނީ މާލެ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސްޓްރަކްޗާއަށެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ އެންމެ ބޮޑު ކޮމާޝިއަލް ޒޯނަށެވެ. މި ސްޕައިން ތަރައްގީކުރެވުމުގެ ސަބަބުން ތަފާތު ގިނަގުނަ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ. މިއާއެކު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ މި ސަރަހައްދުގައި ގެސްޓްހައުސް ޓޫރިޒްމަ ފުޅާވެގެންދާނެއެވެ. އަދި މި ސަރަހައްދުގެ އިމާރާތްތައް ނިމުމުން ވިޔަފާރިތަކަށް އިމާރާތްތައް ކުއްޔަށް ހިފުމުގެ ފުރުސަތު ދެވިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: