ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާ މޭޔަރުކަމަށް ވަޑައިގަންނަވަނީ ރައީސް މުއިއްޒުގެ ތަސައްވަރު އިތުރަށް ތަރައްގީ ކުރަން: ޝުޖާއު

ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން އައިޝަތު އާޒިމާ ޝަކޫރު މޭޔަރު ކަމަށް ވާދަކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރު އިތުރަށް ތަރައްގީ ކުރައްވަން ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އާޒިމާގެ ކެމްޕެއިން ޖަލްސާގައި ޝުޖާއު ވިދާޅުވީ ޑރ. މުއިއްޒުގެ މޭޔަރު ކަމުގައި ގަލޮޅު ރައްޔިތުންނަށް ދިމާވެފައިވަ އެންމެ ބޮޑު އެއްމަލަ ކަމަށް ފާހަގަކުރެވުނީ ސިނަމާލެ ފުލެޓުތަކުގެ މައްސަލަތަށް ކަމަށެވެ. އެހެން ކަމުން ސިނަމާލެ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ޕްލޭނެއް އެކުލަވާލައި، އެތަނުގައި ބޮޑު ޑިވެލޮޕްމެންޓު ޕްރޮޖެކްޓެއް ގެނެސް، ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން އެސަރަހައްދުގައި ޑެވެލޮޕްކޮށް ކުރަހާ، އިއުލާނު ކޮށް ހުރިހާ މަސައްކަތް ތަކެއްކޮށްފައިވާ ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔަ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ކޮށް ސިނަމާލެ ފުލެޓުތަކުގައ ދިރިއުޅޭ ރައްޔިތުން ވަކި ބޮޑު އެއް ބިލްޑިންގ އަށް ބަދަލުކޮށް އެތަން ޑިވޮލޮޕް ކުރެވޭނެ ޕްލޭނެއް އެކުލަވާލައި އެކަން ކުރާނެ ފަރާތެއް ހޯދައި ސަރުކާރާއި ހަމައަށް ގެންގޮސް ދެއްވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެ ޕްލޭންގެ ދަށުން ސިނަމާލެ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް 3 ކޮޓަރިއާއި އެޓޭޗްޑް ފާހާނާ އެކުލެވޭ އެޕާޓުމެންޓު ތަކެއް ލިބޭނެ އިންތިޒާމް ހަމަޖައްސައި، ފައިސާ ދައްކާ ހަލާސްކޮށްފައިވާ ހުރިހާ ރައްޔިތުންނަށް ހިލޭ އެ ބިލްޑިންގ އިން ފުލެޓު ލިބޭނެ ގޮތް ހަމަޖައްސާފައި ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ އެ ޕްލޭނުގެ ދަށުން ފައިސާ ނުދެއްކި ބާކީ ހުރި މީހުންނަށް ނުދެއްކިވާ ފައިސާ ދެއްކޭނެ ގޮތަށް އެ ޕްލޭން ކުރަހާ ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މި ޕްރޮޖެކްޓު އޭރުގެ ރައީސް ފޮރުވީ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އާޒިމާ މޭޔަރު ކަމަށް ވަޑައިގެން އެ ޕްރޮޖެކްޓު އަލުން ރައީސް އަށް ހުށައަޅުއްވާ، އެޕްރޫވްކޮށް އެ ޕޮރިޖެކްޓު ފަށްޓަވާނެ ކަމަށެވެ. ގަލޮޅުގެ ރައްޔޮތުންނަށް ދިމާވެފައިވާ ބޯހިޔާ ވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެނެސް އާޒިމާގެ މޭޔަރު ކަމުގައި އެކަން ކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންކަމުން ޝުޖާއު ވިދާޅުވީ ވެރިކަމެއްގެ ތެރެއިން މޭޔަރަކު ހުރެގެން މޭޔަރު ނިސްބަތްވާ ޕާޓީއަށް ރައީސުލްޖުމްހޫރިއްޔާ އާއި މޭޔަރު ލިބުމުން ގަލޮޅުގެ ރައްޔޮތުންނަށް ވާނެ ފައިދާ އަކީ އެއީ ކަމަށެވެ.

ޝުޖާއު ވިދާޅުވީ މާލޭގެ ރައްޔިތުން އަބަދު ވީ ޓެސްޓު ކުރަން ތޯއާއި، އެހެން ނަމަވެސް މިހާރު ޓެސްޓު ކުރެވެން ނެތް ކަމަށާއި، މާލޭގެ ރައްޔިތުން ތިބީ ޓެސްޓު ކޮށްކޮށް ހަލާކުވެފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ. ރައީސް ވަޑައިގަތީ މާލެއަށް ފުރިހަމަ ތަސައްވަރަކާއި އެކު ކަމަށާއި އާޒިމާ ވަޑައިގަންނަވަނީ އެކަން ފުރިހަމަ ކުރުމަށް ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ސޯހިލް ހުއްޓުވާފައިވާ ހުރިހާ ޕްރިޖެކްޓެއް ކުރިއަށް ގެންދެވޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރައްޔިތުންގެ ވިސްނުން ބަދަލުކޮށް މާލެ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ރައީސް މުއިއްޒުގެ ވިސްނުންފުޅާއެއްގޮތަށް ތަރައްޤީ މާލެއަށް ގެނައުމަށް އާޒިމާއަށް ވޯޓު ދޭންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޕީޕީއެމް ޕީއެންސީގެ މާޒީއަށް ބަލާލަމުން ޝުޖާއު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އޭރު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މާލޭގައި އޮތް މާސިންގާ ކުނިގޮނޑުގެ މައްސަލަ ކަމަށެވެ. އެ ކުނިގޮނޑު ނަގާ އެތަން ސާފުކުރީ ޕީޕީއެމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: