ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަން އިން ޑީއެޗްސީ-8 މަރުކާގެ ބޯޓެއް ވިއްކާލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ގައުމީ އެެއާލައިން މޯލްޑިވިއަން ހިންގަމުންދާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އިން ޑީއެޗްސީ-8 މަރުކާގެ މަތިންދާ ބޯޓެއް ވިއްކާލަން ނިންމައިފިއެވެ.

އައިއޭއެސްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޑެހެވިލޭންޑް ޑީއެޗްސީ-8 މަރުކާގެ މަތިންދާބޯޓު އެމްއެސްއެން 546 ގަތުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކަށް ދައުވަތު އަރުވާ ކަމަަށެވެ.

އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އައިއޭއެސްއަށް ލިޔުމުން ނުވަތަ ގުޅުއްވައި ތިރީގައިވާ އީމެއިލްއަށް ޖެނުއަރީ 26 ވަނަ ދުވަހުގެ 14:30 ގެ ކުރުން ހިއްސާކުރުމަށް އެދޭ ކަމަށް ބުނެފައި ވެއެވެ.

މޯލްޑިވިއަންއިން މިއަދު ވަނީ ދިގު ދަތުރުތަކަށް ހާއްސަ ބޮއިން 8-787 މަރުކާގެ ބޯޓެއް ކުއްޔަށް ނަގަން އިއުލާނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: