ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރބަން އައިލްގެ ކޮމާރޝަލް ސްޕައިން ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އާރބަންކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަރބަން އައިލްގެ ކޮމާރޝަލް ސްޕައިން ތަރައްގީކުރުމަށް ޗައިނާގެ ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް ގްރޫޕާއިއެކު އާރބަންކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އާރބަންކޯއިން މައުލޫމާތު ދީފައިވާގޮތުން މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. ކޮމާރޝަލް ސްޕައިންއަކީ ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރެވެމުންދާ އަރބަން އައިލްގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަކުރެވިފައިވާ އިމާރާތްތަކެވެ. އެގޮތުން މިއޭރިއާގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް މި ސްޕައިން މެދުވެރިކޮށް ލިބިގެންދާނެކަމަށް އާރބަންކޯއިން މައުލޫމާތު ދީފައިވެއެވެ.

ކޮމާރޝަލް ސްޕައިންގެ މި މަޝްރޫއަށް ޖުމްލަކޮށް 50 މިލިއަން ޑޮލަރު ހޭދަވެގެންދާނެއެވެ. މި ޕްރޮޖެކްޓްގެ ދަށުން ހެދޭ ހަތް އިމަރާތް ވާނީ ގުޅިފައިކަމަށާއި ކޮމާރޝަލް 6 އިމާރާތަކާއި 1 ސަޕޯރޓިންގ ހިދުމަތްތައް ދިނުމަށް ހަދާ އިމާރާތެއްވެސް ހިމެނޭކަމަށް ބުނެފައިވެއެވެ. މި ތަންތަނުން ރީޓެއިލް ފިހާރަތަކާއި ވެލްނެސް އަދި އެންޓަރޓެއިންމެންޓްގެ ހިދުމަތްތަކުގެ އިތުރުން، ބޭންކިނގ ފަދަ އިތުރު ތަފާތު ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެކަމަށާއި މި އިމާރާތްތަކަށް ސްޕައިންގެ ނަމުން ނަންދެވިފައިވަނީ މި އިމާރާތްތައް ގުޅާލެވިފައިވާތީކަމަށްވެސް ބުނެފައިވެއެވެ.

މި ސްޕައިން ހެދިގެންދާނީ 290،000 އަކަފޫޓުގެ ސަރަހައްދެއްގައި 3-4 ފްލޯއަށެވެ. އަދި މި ސްޕައިން ވެގެންދާނީ މާލެ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސްޓްރަކްޗާއަށްކަަމަށް އެ ކުންފުނިން ބުނެފައިވާއިރު އެއީ ރާއްޖޭގެ އެންމެ ބޮޑު ކޮމާޝިއަލް ޒޯނަށްވެގެންދާނެކަމަށްވެސް ބުނެފައިވެއެވެ. މި ސްޕައިން ތަރައްގީކުރެވުމުގެ ސަބަބުން ތަފާތު ގިނަގުނަ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށްވެސް އެ ކުންފުނިން ހިއްސާކޮށްފައިވެއެވެ. އަދި އެއާއިއެކު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ މި ސަރަހައްދުގައި ގެސްޓްހައުސް ޓޫރިޒްމަ ފުޅާވެގެންދާނެކަމަށާއި އިމާރާތްތައް ނިމުމުން ވިޔަފާރިތަކަށް އިމާރާތްތައް ކުއްޔަށް ހިފުމުގެ ފުރުސަތު ދެވިގެންދާނެކަމަށްވެސް އާރބަންކޯއިން މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: