ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ވޯޓު ލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވޯޓު ލައްވައިފިއެވެ.

މާލޭގެ މޭޔަރާއި އަދި އެ ކައުންސިލުން ހުސްވެފައިވާ ތިން ގޮޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު 8:00 ޖެހި އިރު ވަނީ ފަށާފައެވެ.

ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ވަނީ ހިރިޔާ ސްކޫލުގައި ހުންނަ މާފަންނު ދެކުނު-1 ވޯޓު ފޮއްޓަށް ވޯޓު ލައްވާފައެވެ. ވޯޓު ލެއްވުމަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ވިހާވެސް އަވަހަށް ހުރިހާ ބޭފުޅުން ވޯޓު ލުމަށް ދިއުމަށެވެ.

މީގެއިތުރުން އާޒިމާ ވިދާޅުވީ މިއީ ޑިމޮކްރެޓިކް ޕްރޮސެސްއެއް ކަމަށާއި އެހެންކަމުން މި ޕްރޮސެސްގައި ރައްޔިތުންގެ ހައްގެއް ކަމަށެވެ. އަދި އެއީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް ކަމަށް ކަމަށާއި އެހެންކަމުން އެ ޒިންމާ އަދާކޮށްދެއްވުމަށް ރައްޔިތުންނަށް އާޒިމާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މާލޭގެ މޭޔަރު ކަމަށް ފަސް ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަގޮތުން ދެ ކެންޑިޑޭޓަކު އަދި ސީޔާސީ ޕާޓީތަކުން ތިން ކެންޑިޑޭޓަކު ވަނީ ކުރިމަލައްވާފައެވެ.

އާޒިމާ ޝަކޫރުގެ އިތުރުން، އެމްޑީޕީގެ ފަރާތުން އާދަމް އާޒިމާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހް ހިމެނެއެވެ. އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ހުސެއިން ވަހީދާއި ޝުއައިބު އަލީ ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: