ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި މުއްދަތެއް ދިނުމަށްފަހު ފައިދާ ނުވާ ކުންފުނިތަކާއި މެދު ކެބިނެޓުން ގޮތެއް ނިންމަނީ

ދިވެހިރާއްޖޭގެ ފެންކުންފުނި އެމްޑަބްލިޔުއެސްސީހެ މައި އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި މުއްދަތެއް ދައުލަތުގެ ކުންފުނިތަކަށް ދިނުމަށްފަހު އެ ކުންފުނިތައް ހަރުދަނާ ކަމާއެކު ނުހިނގާނަމަ އެ ކުންފުނިތައް ރީސްޓްރަކްޗާރކުރުން ނުވަތަ އުވާލުމަށް ކެބިނެޓުން ނިންމައިފިއެވެ.

ރައީސް އޮފީހުން ކެބިނެޓުގެ ނިންމުންތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުނަ ކުންފުނިތަކުގެ ހިންގުމަށް ހަރަދެއްކުރަން ނުޖެހި ސިޔާސަތުތަކެއް ކަނޑައެޅުމަށް ފިނޭންސް މިނިސްޓްރީން ކެބިނެޓު ބައްދަލުވުމުގައި ކަރުދާހެއް ހުށައަޅުއްވާފައިވާކަމަށެވެ.

ދައުލަތުގެ ވަރަށް ގިނަ ކުންފުނި ތަކަކީ ހަރަދުބޮޑުކޮށް ލިބޭ އެއްޗަކުން ފޫނުބެދޭގޮތަށް ހިނގަމުންދާ ކުންފުނިތަކެއް ކަމަށާއި އަދި ދިވެހި ރައްޔިތުން އެކަމާމެދު ކަންބޮޑު ވާކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. މި މަޝްވަރާ ވަޒީރުންގެ މަޖިލީހުގައި ކުރެވިފައިވާ ވަނީ ސަރުކާރުން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރގެ ގިނަ މަސައްކަތްތަކެއް ހުއްޓިފައި އޮތުމުން ނިމުމަކަށް ގެނައުމަށް އެމްޓީސީސީގެ އިތުރުން، އިތުރު ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްކަމަށެވެ.

ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ސިޔާސަތުތަކެއް ކަނޑައަޅައިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތި ކުރެވޭ އުސޫލު މުރާޢާޖާކޮށް ކުންފުނިތަކުގެ ޕާފޯމަންސް ރަނގަޅުކުރުމަށް ޝައުގުވެރިކަން އިތުރުކުރުމަށް ކުންފުނިތަކަށް ހާއްސަ ކީ ޕާފޯމަންސް އިންޑިކޭޓަރސް ތަކެއް ކަނޑައަޅައި ތިންމަސް ދިވަހުގެ ތެރޭގައި އެކަން ތަންފީޒު ކުރެއްވުުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ނޭޝަނަލައިޒްކޮށް ބާއްވާނެ ކުންފުނިތަކާއި ޕަބްލިކް ޕާޓްނަރޝިޕްގެ ދަށުން ހިންގާނެ ކުންފުނިތަކާއި އަދި އާންމުންނަށް ހިއްސާ ވިއްކައިގެން އޭއައިޕީއޯގެ ދަށުން ހިންގާނެ ކުންފުނިތައް ދެނެގަނެ އެކުލަވާލަން ޖެހޭ ސިޔާސަތުތައް ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތް ހިއްސާވާ ކުންފުނިތަކައް ސަބްސިޑީ ދޭން ޖެހޭ ހާލަތްތަކާއި ސަބްސިޑީ އަދި ކެޕިޓަލް ދޭނެ އުސޫލު ހަރުދަނާކުރުމުގެ ސިޔާސަތުތަކެއްވެސް ކަނޑައަޅައިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަށީގެންވާ ވަރަށް މަަސައްކަތް ނުކުރާ ކުންފުނިތަކުގެ ހިންގުން މިއަހަރު ތެރޭގައި ހަރުދަނާކޮށް ކޭޝް ފްލޯ ހަމަޖެއްސޭނެ ގޮތްތަކެއް ހޯދައިދީ ކުންފުނިތަކުގެ މަސައްކަތް ރަނގަޅުކުރުމަށް 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާއި ހަމައަށް މުއްދަތެއް ދިނުމަށް ނިންމައިފައި ވެއެވެ. އެ މުއްދަތުގެ ތެރޭގައި ރަނގަޅަށް ކުންފުނިތައް ޕާފޯމު ނުކޮށްފި ހާލަތެއްގައި އެ ކުންފުނިތައް ރީސްޓަރަކްޗަރ ކުރުމާއި، މާޖް ނުވަތަ އުވާލަން ޖެހިއްޖެ ހާލަތެއްގައި އުވާލައި އަލަށް ކުންފުންޏެއް އުފައްދަން ޖެހިއްޖެ ހާލަތެއްގައި އެ ސިޔާސަތުތައް ކަނޑައަޅައި އެކަން 3 މަސް ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: