ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ލިބިފައިވާ ރައީސަކީ މިއަދާއި މާދަމާގެ ކުރިމަގުގެ ނަސީބު: ސައީދު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުން ހޮވާފައިވާ ރައީސް ޑރ.މުހައްމަދު މުއިއްޒުއަކީ ރާއްޖެއަށް ލިބިފައިވާ ކުރިމަގުގެ ނަސީބު ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވީއައިއޭ ގައި އާ ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޓަރާންސިޝަން މުއްދަތުގައި ގިނަ މަޝްވަރާތަކެއް ވިއައިއޭ އާއި ގުޅިގެން ކުރައްވާފައިވާ ކަމަށާއި އެދި ގިނަ މަސައްކަތްތަކެއް ވެސް ކުރައްވާފައިވާ ކަމަށެވެ. އަދި ކާރގޯ ޓާމިނަލް އައި މިފަދަ ތަންތަން ވީ އެންމެ އަވަހަށް ހުޅުވައި އޮޕަރޭޝަނަލައިޒް ކުރުމަސް އެ މުއްދަތުގައި ލަފާ އަރުއްވަމުން ގެންދެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވީއައިއޭގެ މައި ޓާމިނަލް އަށް ރައީސް ވަޑައިގެން ދެ ގަޑިއިރުގެ އިންސްޕެކްޝަންއެއް ހައްދަވާފައިވާކަމަށައި ފިއުލް ފާމްއާއި އަދި ކާރގޯ ޓާމިނަލްގެ އޭރުގެ ހާލަތު ވަރަށް ގާތުން ބައްލަވާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެންމެ ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދިވެއްސަކަށް ވީތީ ފަހުރުވެރިވާ އަދި ދުވަހަކުވެސް ހީނުކުރައްވާ ތަރައްގީގެ އެތައް ވާހަކަފުޅުތަކެއް ހަގީގަތަކަށް ހެއްދެވުމަށްޓަކައި މަޝްވަރާ ކުރެއްވި ކަމަށެވެ.

މީގެކުރިން ސައުދީގައި ބޭއްވުނު ބައްދަލުވުމުގައި އެ ގައުމާއެކު ކުރައްވާ މަސައްކަތް ވަރަށް ގާތުން ރައީސް ބައްލަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސައްކަތްތައް އަވަސް ކުރުމުގައި ސައުދީ ސަރުކާރުން ވިދާޅުވާ ކޮންމެ ކަމެއްގައި އެއްބާރުލުން ދިނުމަށް ރައިސް އަންގަވާފައިވާ ކަމަށް މިނސިްޓަރ ވިދާޅުވިއެވެ. ހަމައެއާއި އެކު އެމެރިކާގެ ޓްރޭޑް ރެޕްރެސެންޓޭޓިވް އާއި ބައްދަލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. މީހާތަނަށް ސަރުކާރުގެ ޓްރޭޑް ވަފުދަކަށް އެމެރިކާއަށް ދިއުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށާއި އެހެންނަމަވެސް އެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެއްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސްގެ ކެބިނެޓުން އެމަނިކުފާނުގެ ލަފާފުޅާއި އެއްގޮތަށް ކްރިއޭޓީވް އިކޮނޮމީއެއް ގާއިމްކޮށް ކްރިއޭޓަރ އިކޮނޮމީއާއި ކޮންޓެންޓު ކްރިއޭޝަން އަށް މަގުފަހި ކުރުމަށް ޕޭޕަލް ރާއްޖެއަށް މުހިންމު ކަމަށް ފާހަގަކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އެމެރިކާގެ ޓްރޭޑް ރެޕްރެސެންޓޭޓިވް އާއި ބައްދަލުކުރައްވާ ރައިސްގެ ޕްރައިއޮރިޓީއެއް ގޮތުގައި އެވާހަކަ ދަންނަވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަލަށް ހުޅުވާފައިވާ ކާރގޯ ޓާމިނަލް އަކީ 50،000 ޓަނުން 120،000 ޓަނަށް ބަދަލުކުރެވޭއިރު ރައީސްގެ ވިޝަންއަކީ މި އަދަދު 3 ލައްކަ ޓަނަށް ބޮޑު ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިބަދަލު ގެނެވޭ އިރު ހަމައެކަނި ފިސިކަލް އިންފްރާސްޓަރަކްޗާ ނޫންކަމަށާއި އެއަރ ކާރގޯ އަންނާނެ ގޮތް ފަހިކުރުމަކީ ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ސަރަހައްދުގެ އެންމެ ބޮޑު ކާރގޯ އެއާރޕޯޓް އިކޮނޮމިކް ޒޯން އިން ރާއްޖެއާއި އެކު ކުރިއަށް ދާން ބޭނުންވާ ގޮތުގެ މަގު ޗާޓެއް ފޮނުވާފައިވާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: