ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގެ އައު ކާރގޯ ޓާމިނަލް ރަސްމީކޮށް ހުޅުވައިފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާރގޯ ޓާމިނަލް ރަސްމީކޮށް ހުޅުވައިފިއެވެ.

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

މި އާ ކާގޯ ޓާމިނަލަކީ ކުރީގެ ޓަރމިނަލަށްވުރެ ކާގޯ ހޭންޑްލިންގގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޓާމިނަލެކެވެ. އެގޮތުން ކުރީގެ ބާ ޓާމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ ހިދުމަތްދެވޭ އިރު މި އާ ކާގޯ ޓާމިނަލާއެކު ޖުމްލަ 120،000 ޓަނުގެ ކާގޯގެ ހިދުމަތް އަހަރަކު ދެވޭނެ ގާބިލުކަން ހުންނާނެއެވެ.

ރައީސް މުއިއްޒު ދާދިފަހުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަހަރަކު ޖުމްލަ 25،000 ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރުމުގެ މެގަ ޕްރޮޖެކްޓް އިޢުލާނު ކުރައްވާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ރަސްމީގޮތުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އާ ޓާމިނަލް ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ ޓާމިނަލް ބައްލަވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: