ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަލޮޅު އުތުރުގެ ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލުގައި: ނޫރުބާން

ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގަލޮޅު އުތުރަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ހުރި ނަމަވެސް ގަލޮޅުގެ ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަޜީގައި ވާދަކުރައްވާ ނޫރުބާން ފަހުމީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ނޫރުބާން ވިދާޅުވީ މަޖިލީހުގައި އީވާ އަބްދުﷲ ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވާތާ 15 އަހަރުވީ ނަމަވެސް މަޖިލީހުގައި މަސައްކަތް ކުރައްވަނީ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ. ދާއިރާގެ ރައްޔިތުން ހަނދާން ނައްތާލާ މަޖިލީހުގެ ހުރުމަތް ކެނޑޭފަދަ ގޮތަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ނޫރުބާން ވިދާޅުވިއެވެ.

ދާއިރާގެ ރައްޔިތުން އަބަދުވެސް ބުނަމުން ދަނީ ރައްޔިތުން މަޖިލީހުގެ މެންބަރުން ދެކެ ފޫހި ވެފައިވާ ކަމަށް ނޫރުބާން ވިދާޅުވިއެވެ. ދާއިރާގެ ރައްޔިތުން ބުރަ މަސައްކަތުން މެންބަރަކު ހޮވައިދެއްވުމުންވެސް 15 އަހަރު ވެގެން ދިޔައިރު ދާއިރާއަށް ކަމެއް ކޮށްދެއްވާފައި ނުވާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ ކަމަށް ނޫރުބާން ވިދާޅުވިއެވެ.

ނޫރުބާން ވިދާޅުވީ ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރުން ތިއްބެވީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ. ވެރިކަން ކުރާ ޕާޓީގެ މެންބަރަކަށް ވެފައި މަޖިލީހުގެ ނައިބުރައީސް ކަމުގެ މަގާމުވެސް އަދާކުރައްވަމުން ގެންދެވި މެންބަރުގެ ދާއިރާގެ ރައްޔިތުންގެ އުދާސްތަކާއި ޝަކުވާތައް ގިނަ ކަމަށް ނޫރުބާން ވިދާޅުވިއެވެ.

ނޫރުބާން ވިދާޅުވީ ސަރުކާރަށް މި ގޮނޑި ކާމިޔާބު ކޮށްދެއްވާނެ ކަމަށާއި އަދި ސަރުކާރާއި ގުޅިގެން މަސައްކަތްކޮށް  ރައްޔިތުންނަށް ތަފާތު ދައްކަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަންދޫބުގެ ގޮތުގައި ހުރެ ރައްޔިތުންނަށް ޓަކައި އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށްވެސް ނޫރުބާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: