ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީރިއާގައި ހާލުގައި ޖެހިފައިވާ 5 ދިވެހި އާއިލާގެ 21 މީހުން ރާއްޖެ ގެނެސްފި

ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސީރިއާގައި ހާލުގައި ޖެހިފައިވާ 5 ދިވެހި އާއިލާގެ 21 މީހުން ރާއްޖެ ގެނެސްފައިވާކަމަށް މިނިސްޓަރ އޮފް ހޯމަލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހޯމް ލޭންޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވިދާޅުވީ ސީރިއާ އަދި ތުރުކީ ބޯޑަރު ގުޅޭ ސަރަހައްދުގައި ދިވެހި 5 އާއިލާއެއް ހާލުގައި ޖެހުނުކަމަށާއި އެމީހުން އަނބުރާ ރާއްޖެ އަންނަން ބޭނުންވި ކަމަށް ދިވެހި ސަރުކާރަށާއި އެ ވުޒާރާއަށް މައުލޫމާތު ލިބުނުކަމަށެވެ. އެހެންކަމުން އެ މީހުންނަކީ ދިވެހިން ކަން ކަށަވަރު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ނެޝަނަލް ރީ އެންޓަރ ގްރޭޓެޑް ސެންޓަރާއި ގުޅިގެން މަސައްކަތްތަކެއް ކުރެއްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިމަސައްކަތް ކުރަމުން ދިޔައިރު ފުލުހުންގެ ފަރާތުން އެތައް ފަހަރެއްގެ މަތިން އެ ސަރަަހައްދަށް ގޮސް އެއާއިލާތަކުގެ ހާލުބަލައި، އެސެސްމެންޓުތައް ހަދައި މައުލޫމާތުތައް ނަގައި ޑީއެންއޭ ޓެސްޓުގެ ޒަރިއްޔާއިން އެއީ ދިވެހިންކަން ކަށަވަރު ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ މީހުންގެ ތެރޭގައި ހިމެނެނީ 5 އާއިލާއަކަށް ނިސްބަތްވާ 21 މީހެއްކަމަށާއި އޭގެތެރޭގައި 15 ކުޑަކުދިންނާއި 6 ބޮޑެތިމީހުން ކަމަށެވެ. ދިވެހި ސަރުކާރުން ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރައްދުގައި ތިބި ދިވެހިން ވީހާވެސް އަވަހަށް ރާއްޖެ ގެނެއައުމަށް މަޝްވަރާތައް ކުރެއްވި ކަމަށް ވިދާޅުވިއެވެ. ރައީސްގެ ހާއްސަ އިރުޝާދުގެ ދަށުން ހޯމް ލޭންޑް މިނިސްޓްރީން އެކަމަށް ބޭނުންވާ ފަންޑު ހޯދައި ހާއްސަ ފުލައިޓެއް 14 ޖެނުއަރީ ގައި ހަމަޖެއްސި ކަމަށް މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.

އެ އާއިލާތައް ރާއްޖެ ގެނައުމަށްޓަކައި ހަމަޖެއްސި އެ ފުލައިޓާއިއެކު ރާއްޖެއިން 15 މީހުންގެ ޓީމެއް ވެސް ތުރުކީއަށް ފޮނުވި ކަމަށް ވިދާޅުވިއެވެ. އެ ދަތުރުގައި މެޑިކަލް އޮފިސަރުންނާއި، ސެކިއުރިޓީ ބަލަހައްޓާ ބޭފުޅުންނާއި، ސައިކޮލޮޖިކަލް ސަޕޯޓް ދެވޭ ބޭފުޅުންނާއި، ފުލުހުންގެ އިންޓެލިޖެންސް ބޭފުޅުންނާއި އަދި ތަހުގީގު މަސައްކަތްކުރައްވާ ބޭފުޅުން ހިމެނޭ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެއާއިލާތައް ރާއްޖެ ގެނެއުމާއެކު އެމީހުންގ މެޑިކަލް އެސަސްމެންޓެއް ހަދައިފައިވާ ކަމަށާއި ހިންމަފުށީގައި ގާއިމުކޮށްފައިވާ ނެޝެނަލް ރީ އެންޓަރ ގްރޭޓެޑް ސެންޓަރާއި ހަވާލުކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: