ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ވަރޓިކަލް ފާމިން ޕައިލެޓްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ”ވަރޓިކަލް ފާމިންގ“ ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވާޓިކަލް ފާމިން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވިދާނެތޯ ބެލުމަށްޓަކައި ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމަށް ނިންމާފައިވާ ކަމަށާއި އެކަމާއި ގުޅޭ އެއްބަސްވުމުގައި ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ ވީސީ ގުރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައިވާ ކަމަށެވެ.

ވާޓިކަލް ފާމިންއަކީ ރައީސް މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ ދަނޑުވެރިކަމާއި ގުޅޭ އެންމެ މުހިންމު އެއް ކަމެކެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް ފާތިމަތު ޝާއިއާއެވެ. އަދި ވީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދެވެ.

މިއެއްބަސްވުމުގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި 3 ވައްތަރެއްގެ ވާޓިކަލް ހައިޑްރޯޕޯނިކްސް ސެޓަޕް ޤާއިމުކުރެވިގެންދާނެއެވެ. އޭގެތެރޭގައި ހިމެނެނީ މިހާރު ވެސް ރާއްޖޭގެ ދަނޑުވެރިންނަށް ތައާރަފްކޮށްދީފައިވާ ނިއުޓްރިއެންޓް ފިލްމު ތެކްނިކް ބޭނުންކޮށްގެން ވާޓިކަލް A ފްރޭމް ސްޓްރަކްޗާގައި ގަސް ހައްދާ ނިޒާމު ޕައިލެޓް ކުރުމާއި ޕައިންއެޕަލް ޓަވަރ ސިސްޓަމް އަދި އޭރޯޕޯނިކްސް ޓަވަރ ސިސްޓަމްތަކުގެ ޕައިލެޓް ޓެސްޓުތައް ކުރިޔަށް ގެންދެވޭނެއެވެ.

ސިސްޓަމްތަކުގައި އެންމެ ފުރަތަމަ ޓެސްޓު ކުރުމަށް ހަމަޖެހިފައިވަނީ ފަތްތަރުކާރީ އާއި ތަފާތު ހާބްސްގެ ބާވަތްތަކެއް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. މި މަޝްރޫއުއަކީ 34 ދުވަހުގެ މުއްދަތަށް ހަވާލުކުރެވުނު މަސައްކަތެކެވެ. އަދި މުއްދަތުގައި ސެޓަޕްތައް އިންސްޓޯލްކޮށް ސިސްޓަމްތަކުގައި ގަސްތައް ރުވަންޖެހެއެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މަސައްކަތްކުރާ މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ ޓީމުން އެއްކުރާ މައުލޫމާތުތަކުގެ އަލީގައި ރާއްޖެއަށް އެންމެ އެކަށީގެންވާ ވާޓިކަލް ސިސްޓަމްތައް ދެނެގަނެ އެ ސިސްޓަމްތައް ދަނޑުވެރިންނަށް ތައާރަފްކޮށްދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިއީ ރާއްޖެފަދަ ބިންކޮޅު ކުޑަ ޤައުމެއްގެ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް އެންމެ އެކަށީގެންވާ ގޮތެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ޒަމާނީ ގޮތްތައް ތައާރަފްކޮށްދިނުމަށް ސަރުކާރުން ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް ގެންދެވޭ މަޝްރޫޢެކެވެ.

ވާޓިކަލް ފާމިންގައި ބޭނުންކުރާނީ އިރުގެ އަލި އަދި ވާރޭގެ ބަދަލުގައި އެލްއީޑީ ލައިޓިން އާއި ކޮންޓްރޯލް ކުރެވިފައިވާ ގްރޯވިން އަދި ނިއުޓްރިޝަން ސިސްޓަމްތަކެވެ. ވާޓިކަލް ފާމިން އަކީ ކުދި ޖާގަތަކުގައި ކުރުމަށް އެކަށީގެންވަ ކެމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: