ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީރިއާގައި ސަތޭކައަށް ވުރެ ގިނަ މީހުން؛ އެނބުރި އަންނަން ބޭނުންވާ 90 މީހެއް އެބަތިބި

ސީރިއާގެ ބައެއް ކޭމްޕް ސަރަހައްދުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ސީރިއާގެ ހަނގުރާމައިގެ މައިދާނުގައި ތިބެ، ހާލުގައި ޖެހުނު ދިވެހިންގެ ތެރެއިން 90 އަށް ވުރެ ގިނަ މީހުން އެނބުރި އައުމަށް ބޭނުންވާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

އޮޅުވާލައިގެންނާއި، އެ ނޫން ވެސް ގޮތްގޮތުން ސީރިއާއަށް އެތެރެވި ދިވެހިންގެ ޖުމްލަ އަދަދު މިހާތަނަށް އައިއިރު ދެނެގަނެވިފައި ނުވެ އެވެ. ގިނަ ބަޔަކު ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާއިރު، އެތައް ބަޔަކު ހާލުގައި ޖެހުމުގެ ސަބަބުން އެނބުރި އައުމަށް ބޭނުންވެ އެވެ. މީގެ ތެރޭގައި ގިނައީ، ހަނގުރާމައަށް ދިއުމުގެ ގޮތުން އޮޅުވާލައިގެން ނުވަތަ ދާތަނެއް ނޭނގި އެތެރެވި މީހުންނެވެ.

އަންހެނުންނާއި ކުޑަކުދިންތައް އަނބުރާ ގެނައުމަށް ކުރެވޭ މަސައްކަތްތަކާއި، ރާއްޖެއަށް އެންމެ ފަހުން ގެނައި އާއިލާތަކުގެ މައުލޫމާތުތައް ދިނުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ އެ މީހުންނާއި މުވާސަލާތު ކުރުމުން، ގައުމަށް އަންނަން ބޭނުންވާކަމަށް ބުނެފައިވާ ކަމަށެވެ.

އެ މީހުން ތިބި ހާލަތުގެ މާބޮޑު ތަފްސީލެއް އަދި މިހާތަނަށް ލިބިފައިނުވާއިރު، މިނިސްޓަރ ވިދާޅުވީ ހަނގުރާމަވެރި ސަރަހައްދުތަކުގައި މިވަގުތު ވެސް ތިބި ދިވެހިންގެ އަދަދު ސަތޭކައަށް ވުރެ ގިނަ މީހުން ތިބިއިރު އެނބުރި އަންނަން ބޭނުންވާތީ އެގޮތަށް އެދިފައިވަނީ 90 ވަރަކަށް މީހުން ކަމަށެވެ.

އަދަދުތައް ޔަގީން ކުރެވިފައި ނުވާކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ ބައެއް އާއިލާތަކުން މެމްބަރުންނާއި ގުޅޭގޮތުން ސިޓީތައް ފޮނުވާފައިވާކަމަށާއި އެ މީހުންނަށް ވެސް މާބޮޑު ތަފްސީލެއް ނޭނގޭތީ އެ މީހުން ތިބެދާނެކަމަށް ބެލެވޭ ސަރަހައްދުތައް ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

މިހާތަނަށް އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފައި ވަނީ، މި 21 މީހުންގެ..

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ހަނގުރާމައަށް ދިއުމާއު، ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަކީ ރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއްކަމަށާއި މައްސަލަ ތަހުގީގު ކުރުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން އެ މީހުންނާއި ގުޅޭ އެސެސްމަންޓުތައް ހަދައި، ހަނގުރާމައިގައި ބައިވެރިވެފައި ވޭތޯ ދެނެގަންނާނެކަމަށް އިހުސާން ވިދާޅުވި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، މިފަދަ ކުށްތަކަށް ބޮޑެތި އަދަބުތައް ވަނީ ކަނޑައަޅާފަ އެވެ.

ދިވެހިންކަމަށް ބެލެވޭ، 100 އަށްވުރެ ގިނަ މީހުން އެ ސަރަހައްދުގެ އެކި ދިމާތަކުގައި ތިބިކަމުގެ މައުލޫމާތުތައް ދަނީ ލިބެމުން.. ދެން މިކަމުގައި ގިނައި ވިކްޓިމައިޒްވެފައި ތިބި ތުއްތު ކުދިން.. އެ ކުދިންގެ އެއްވެސް ބާރެއް ނެތި އެފަދަކަމަކަށް ހުށަހެޅިފައި ތިބި މީހުން

އިހުސާން ވިދާޅުވީ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަށް މަސައްކަތް ކުރާ މީހުން އަދިވެސް އެބަތިއްބެވެ. އިންޓަލިޖެންސް މައުލޫމާތުތައް އެގޮތުން ލިބެމުންދާއިރު، އިހުސާން ވަނީ އެފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ ރިޕޯޓު ކުރުމަށް އެދިފަ އެވެ.

މިއަދު ގެނައި މީހުންނަކީ، ޑީއެންއޭ ހަދައި ދިވެހިންކަން ޔަގީން ކުރެވޭ މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: