ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިގުރަށުގައި ތުއްތު ކުއްޖާ ކޮތަޅަކަށްލައި އެއްލާލި މައްސަލައިގައި މަންމައަށް ދައުވާ

ދިގު ރަށު ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނިބާލަނީ/ ފޮޓޯ: ހަފްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ދިގުރަށުގެ ކުނި ގޮނޑުން މަރުވެފައި އޮތް ކުއްޖަކު ފެނިފައިވާ މައްސަލައިގައި ސްރީލަންކާއަށް ނިސްބަތްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފި އެވެ.

ވިހެއުމަށް ފަހު ކޮތަޅަކަށް ލައި ތުއްތު ކުއްޖަކު އެއްލާލާފައި އޮއްވާ ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. ކޮތަޅެއްގެ ތެރޭގައި އޮތް އެ ކުއްޖާ ފެނުނީ އެ ރަށުގެ ކުނިގޮނޑުގައި މަސައްކަތް ކުރާ މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށެވެ.

އެ ކުއްޖާ އޮތީ ރަށުގެ ގެތަކުންނާއި، ގެސްޓް ހައުސްތަކުން ނެގި ކަޅު ކުލައިގެ ކުނިކޮތަޅެއްގެ ތެރޭގަ އެވެ. އެ ތުއްތު ކުއްޖާ އޮތީ  އެ ރަށުގެ ގެސްޓްހައުސްއަކުން ނެގި ކޮތަޅެއްގެ ތެރޭގައިކަން ހަމަ އެ ދުވަހު ދެނެގަނެވުނުއިރު ފޫޅު ވެސް ނުކަނޑައި އޮތް އެ ކުއްޖާއަކީ އެތަނުގައި މަސައްކަތް ކުރާ ބިދޭސީއަކު ވިހެއުމަށް ފަހު އެއްލާލި ކުއްޖެއްކަމަށް ތުހުމަތު ކުރެވޭތީ ވަގުތުން އެ އަންހެން މީހާ ހައްޔަރު ކުރި އެވެ.

އެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ވެސް ހެދުމަށް ފަހު ހަށިގަނޑު ގެނައީ، ޑިސެމްބަރު 24 ގައެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވައި ޕީޖީ އޮފީހުން މީޑިއާތަކަށް ބުނީ ކްރިމިނަލް ކޯޓަށް ދައުވާތައް ހުށަހެޅީ އަންގާރަ ދުވަހު ކަމަށެވެ.

އަންހެން މީހާގެ މައްޗަށް ކުރުމަށް ހުށަހެޅި ދައުވާތަކަކީ:

1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން, އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ.

ސަބަބު: ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، 01 ޑިސެންބަރު 2023 ދުވަހުގެ 22:00 އާއި 03 ޑިސެންބަރު 2023 ދުވަހުގެ 05:00 އާ ދެމެދުގެ ވަގުތެއްގައި، އދ. ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ތެރޭގައި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހައިކަށްހައިއިރު، އދ.ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލައި، ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާމެދު ޢަމަލުކޮށް ކުއްޖާ މަރާލާފައިވާތީ.

އަދަބު: 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުގައި ބަންދުކުރުން. 

2.  ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 124 ވަނަ މާއްދާއާ (ހ) ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން, ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ޞިއްޙަތަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލެއް ޤަޞްދުގައި ހިންގުމުގެ ކުށުގެ ދަޢުވާ.

ސަބަބު: ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެއިނީއްސުރެ، ކުއްޖާގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާތީ އާއި، އެފަދަ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ބަލިވެއިންކަން ސިއްރުކޮށް، ވިހަން އުޅޭކަން އެނގުމުން ހޮސްޕިޓަލަށް ނުގޮސް، ވިހެއުމަށް ސިއްހީ ފަރުވާ ލިބޭ ތަނަކަށް ދިއުމުގެ މަގު ފަހިވެފައިވަނިކޮށް އެ ފުރުޞަތުގެ ބެނުން ނުކޮށް، 01 ޑިސެންބަރު 2023 ދުވަހުގެ 22:00 އާއި 03 ޑިސެންބަރު 2023 ދުވަހުގެ 05:00 އާ ދެމެދުގެ ވަގުތެއްގައި، ޞިއްޙީ ގޮތުން އެކަށީގެންނުވާ ގޮތަކަށް އދ.ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނާގައި ހުރި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހައިކަށްހައިއިރު، މިކޮތަޅު އދ. ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް އެއްލާލައި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ، އެކުއްޖާގެ ޞިއްޙަތާއި، ރައްކާތެރިކަމާއި، މަޞްލަޙަތަށް އުނިކަން އަންނާނެ ޢަމަލުތައް ޤަޞްދުގައި ހިންގައިފައިވާތީ. 

އަދަބު: 3 އަހަރަށް ޖަލަށް ލުން. 

3.  ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 114 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން, އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދަޢުވާ.

ސަބަބު: ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، 01 ޑިސެންބަރު 2023 ދުވަހުގެ 22:00 އާއި 03 ޑިސެންބަރު 2023 ދުވަހުގެ 05:00 އާ ދެމެދުގެ ވަގުތެއްގައި، އދ. ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ތެރޭގައި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހައިކަށްހައިއިރު، އދ.ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު ލައ، ކުއްޖާ މަރުވިކަން އެނގިހުރެ އެކަން ފޮރުވާފައިވާތީ.

އަސާސީ އަދަބު: 9 މަހާއި 18 ދުވަހަށް ޖަލުގައި ބަންދުކުރުން.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: