ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމަރުންނަށް އޮޅުން އަރާތީ “އަރބަންކޯ” ގެ ބަދަލުގައި އަނެއްކާވެސް އެޗްޑީސީ ކިޔަނީ!

އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފެށުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރިބްރޭންޑްކޮށް، އެ ކުންފުންޏަށް ދިން ނަން އަރބަންކޯ ކިޔުން ހުއްޓާލާ އެޗްޑީސީ ކިޔަން ނިންމައިފިއެވެ.

އެޗްޑީސީގެ ނަން އަރބަންކޯއަށް ބަދަލުކުރީ 22 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިދިޔަ އަހަރު އޭޕްރީލް މަހުއެވެ. ކުންފުނި ރިބްރޭންޑްކުރަން ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހޭދަކުރިއެވެ.

އަރބަންކޯއިން އެޗްޑީސީއަށް ބަދަލުކުރަން ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެކަން އިއުލާންކޮށް ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އިސްވެރިންނެވެ.

އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފެށުން.

މިކަމާއި ގުޅޭ ގޮތުން ބަޔާނެއް ނެރެ އެޗްޑީސީއިން ބުނީ އަރބަންކޯ ކިޔަމުން އައި ނަމަވެސް އެ ކޯޕަރޭޝަންގެ ގާނޫނީ ނަމަކީ އޭރުވެސް “ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން” ކަމަށެވެ. އެޗްޑީސީ ބޭނުންކުރަން ނިންމާފައިވަނީ އެ ކޯޕަރޭޝަންގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އޮޅުންއަރާތީކަމަށް ބުނިއެވެ. އެ ކޯޕަރޭޝަނުގެ ނަން އަރބަންކޯ އަށް ރީބްރޭންޑްކޮށްފައި ވިޔަސް، އެ ނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައެއް ނުވާކަމަށާއި، ގާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށްވެސް ބޭނުންކުރަމުން ދަނީ އެޗްޑީސީކަމަށް ބަޔާނުގައިވެއެވެ.

އެޗްޑީސީ އުފެއްދީ، ކުރީގެ ރައީސުލްޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުން 2001 ވަނަ އަހަރުއެވެ. އެޗްޑީސީއަކީ އާބަން ޑިވެލޮޕްމެންޓް ދާއިރާއިން ރާއްޖޭގެ އެންމެ ތަޖުރިބާހުރި ކޯޕަރޭޝަންއެއްކަމަށް ބަޔާނުގައި ފާހަގަކޮށްފައިވާއިރު، އެ ކޯޕަރޭޝަންގެ ޕޯޓްފޯލިއޯގައި ހިމެނޭ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނޭކަންވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ތިލަފުށި، ރަސް މާލެ އަދި ހުޅުމާލެ ފޭސް 3 ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ހުއްޓުމެއްނެތި ކުރިއަށް އެބަދާކަންވެއެވެ.

އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފެށުން.

އެ ކޯޕަރެޝަނުން އެންމެ އިސްކަންދޭ ކަމަކީ ތަރައްގީގެ މަސައްކަތްތަކަކީ އިގްތިސާދީގޮތުން ފައިދާހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުންކަމަށް ބަޔާނުގައި ބުނެފައިވާއިރު، މިކަން ހާސިލް ކުރުމަށް މިކޯޕަރޭޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ބޯހިޔާވަހިކަން ތަރައްގީކޮށް އެންމެނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްކަން ފާހަގަކޮށްފައިވެއެވެ.

ކޯޕަރޭޝަންގެ އަމާޒަކީ ތަރައްގީކުރާ ސިޓީތަކުގައި އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން، އަދި ތިމާވެށިގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުންކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: