ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްމީދަކީ ވަށާޖެހޭ ޕްލޭންގެ ދަށުން ރާއްޖެ އައިޓީގެ ބޮޑު ހަބަކަށް ހެދުން: މިނިސްޓަރ އަސްވާޑް

ހަފްތާ 14ގެ މަގުޗާޓުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއަށް މަތިކޮށްފައިވާ ދެ ސިޔާސަތު ފެއްޓުމުގެ ގޮތުން "ފަންނިއްޔާތު"ގެ ނަމުގައި ބާއްވާ ހަރަކާތް.
ޝެއާރކޮށްލާ ކަހަލަދޯ؟

ވަށާޖެހޭ ޕްލޭންގެ ދަށުން ރާއްޖެ އައިޓީގެ ބޮޑު ހަބަކަށް ވެގެން ދިއުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ފަނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ގައުމީ ހަރަކާތެއް ހިންގަން ފެށުމާއި، ކޯޑިން ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުނަރު ތަރައްގީކޮށްދީ، ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ހާއްސަ ޕްލޭނެއް އެކުލަވާލުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ ތެރޭގައި ހިމެނޭކަމެކެވެ.

މި ޕްލޭނާއި ގުޅިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ހަރަކާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ މި ދަތިތަކަށް ހައްލު ހޯދުމުގެ ފުރަތަމަ އެކްޝަން ޕްލޭންގެ މަސައްކަތްކަމަށެވެ.

މިކަން ސިލްސިލާ ގޮތެއްގައި، މި 5 އަހަރުގެ ދައުރުގެ ތެރޭގައި ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ.

މި ތަނުގައި މި މަސައްކަތް ކުރިއަށްދާއިރު، މިއީ މި ސިލްސިލާގެ އެންމެ ފުރަތަމަ ބިންގާކަން އަޅުގަނޑު ފާހަގަކޮށްލަން. މިއަށްފަހު މި މަސް ތެރޭގައި، އިތުރު ހަރާކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަދި ހަމައެއާއިއެއްކޮށް މި އަންނަ މަހު އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނަން. މިއީ ދިގު ދެމިގެންދާ ފަސް އަހަރުގެ ބޮޑު ޕްލޭނެއް.

މިނިސްޓަރ އަސްވާޑް ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށް ގެންދެވުމަށް ކަނޑައެޅުއްވި ސިޔާސަތުތަކުގެ ތެރޭގައި ސީދާ ކަމުގެ ފަންނީ ބޭފުޅުންނާއިއެކު މަސައްކަތް ކުރިއަށް ގެންދެވުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސިޔާސަތުތަކުގެ މަގްދަކީ ރާއްޖެއާއި ދުނިޔޭގެ ބާޒާރުގައި ފަންނިއްޔާތުގެ ދާއިރާއިން ދިވެހި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، ފަނިއްޔާތުގެ ދާއިރާއިން ދިވެހި ޒުވާނުން ވަޒީފާތަކަށް ހޭލުންތެރިކުރުވުންކަމަށް ވިދާޅުވިއެވެ.

މި ސިޔާސަތުތަކުގެ ސަބަބުން ފަނިއްޔާތުގެ ދާއިރާއިން ފްރީލާންސްކޮށް މަސައްކަތް ކުރުމުގެ މަގު ފަހިވެގެންދާނެކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ހަރަކާތް ފަށައިގެން ކުރިއަށްދާއިރު، އަމިއްލަ ޝައުގުވެރިކަމުގައި އަންހެނުން ވަޑައިގެން ތިއްބެވިކަމަކީ އުފަލެއްކަމަށް ފާހަގަކުރެއްވިއެވެ.

ހަފްތާ 14ގެ މަގުޗާޓުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއަށް މަތިކޮށްފައިވާ ދެ ސިޔާސަތު ފެއްޓުމުގެ ގޮތުން “ފަންނިއްޔާތު”ގެ ނަމުގައި ބާއްވާ ހަރަކާތް.

އައިޓީގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ގުޅިގެން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރާ މަސައްކަތާއި، ލިބޭ އުޖޫރަ ނުބައްދަލުވުމުގެ ސަބަބުން އައިޓީގެ ދާއިރާއިން އެންމެ ގާބިލް މީހުން ހޯދުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. އަދި މި ސަރުކާރުގެ މެނިފެސްޓޯގެ އެހީގައި މިކަމަށް ހައްލު ހޯދޭނެކަމަށް ވިދާޅުވިވެ. މި މަސައްކަތުގައި އެންމެ ވަރުގަދަ ސިނކުޑިތައް ފުރުސަތުތައް ނެތުމުގެ ސަބަބުން ރާއްޖެ ދޫކޮށް ދިއުމަކީ ކަންބޮޑުވުމެއް ނޫންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އަމާޒަކީ ވީހާވެސް ގިނަ ބަޔަކު މި ރޮނގުން ތަމްރީންކޮށް ގާބިލް ބަޔަކަށް ހެދުންކަމަށެވެ. މި މަސައްކަތް ރަނގަޅަށް ކުރެވިއްޖެނަމަ މި ރޮނގުން ކިޔަވައިގެން ތިބި ބޭރުގައި ދިރިއުޅޭ ފަރާތްތައްވެސް އެބުރި ރާއްޖެ އަންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެން މިއަދު މި ފަށާ ޕްރޮގްރާމުގައި، އަޅުގަނޑުމެންނަށް އެކަށީގެންވާ ސިނކުޑިތަކެއް ތަރައްގީކުރެވި، އޭގެ މަސައްކަތް ރަނގަޅަށް ކުރެވިއްޖެނަމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ދެންނެވި ބޭފުޅުންވެސް އެނބުރި ގައުމަށް ވަޑައިގަންނަވާނެ.

މިނިސްޓަރު ވިދާޅުވިއެވެ.

މި އެކްޝަން ޕްލޭންގެ ދަށުން 5 އަހަރުގެ ތެރޭގައި 500 މީހުން މިކަމުގެ އެންމެ ގާބިލް މީހުންނަށް ހެދޭނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއިރު، މިނިސްޓަރު ވިދާޅުވީ އަމާޒު ހިފަންވީ މިއަށްވުރެވެސް ގިނަ މީހުން ތަމްރީނު ކުރުމަށްކަމަށެވެ. މިއީ ރިއަލިސްޓިކް ނަންބަރއެއްތޯ ބައެއް ރައްޔިތުން ސުވާލު އުފައްދާތީ، މިނިސްޓަރު ވިދާޅުވީ ރަނގަޅު ފުރުސަތުތަކެއް އައިޓީ ދާއިރާއިން ފަހި ކުރެވިއްޖެނަމަ މިއީ ހާސިލް ނުކުރެވޭނެ ލަނޑުދަޑިއެއް ނޫންކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ނެޝަނަލް ސެޓިފިކެޓް 3 ފުރިހަމަކުރުމަށްފަހު، އެޑްވާންސް ސެޓިފިިކެޓު އަދި ނެޝަނަލް ޑިޕްލޮމާގެ އިތުުރުން ބެޗެލާސް ޑިގްރީއާއި ހަމައަށް ކިޔެވުމުގެ ފުރުސަތު އޮންނާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މަގުން ކިޔަވައިގެން ނިކުންނަ ޒުވާނުންނަކީ ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ ބަޔަކަށް ހެދުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: