ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ވަނަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 854 މައްސަލަ

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ އަހަރު ކްރިމިނަލް ކޯޓަށް 854 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރާއި އަޅާބަލާއިރު 2023 ވަނަ އަހަރު 61 މައްސަލަ އިތުރަށް ވަނީ ހުށަހަޅައިފައެވެ. އެގޮތުން މިދިޔަ އަހަރު ޖުމްލަ 854 މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށް އެ ކޯޓުން ހާމަކޮށްފައިވެއެވެ. ދެހާސް ބާވީސް ވަނަ އަހަރު ހުށަހެޅީ 786 މައްސަލައެވެ.

މިދިޔަ އަހަރު އެ ކޯޓުގައި 7242 މައްސަލަ ތާވަލްލުރެވުނުއިރު މިއަދަދަކީ 2022 ވަނަ އަހަރާ އަޅާބަލާއިރު 43 އިންސައްތަ މަދު އަދަދެކެވެ. އެގޮތުން 2022 ވަނަ އަހަރު 12،757 މައްސަލަ ތާވަލްކުރެވިގެންދިޔަ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

ދެހާސް ބާވީސް ވަނަ އަހަރު 1،096 މައްސަލައެއް ނިންމާލެވުނު އިރު 2023 ވަނަ އަހަރު މި އަދަދު މިވަނީ 497 އަށް ދަށްވެފައެވެ. މިދިޔަ އަހަރު ކޯޓުން ނިންމާލެވުނު މައްސަލަތަކުގެ އަދަދު ވަނީ 55 އިންސައްތަ މަދުވެފައެވެ.

މިދިޔަ އަހަރު ނިންމާލެވުނު މައްސަލަތަކުގެ އަދަދު ދަށްވެފައިވަނީ ޖާގައިގެ ދަތިކަން މެދުވެރިވެގެން ކަމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެ ކޯޓުން ތާވަލުކުރާ މައްސަލަތަކުގެ އަދަދު 50 އިންސައްތައަށް ދަށްވެފައިވާކަމަށާއި، އަޑުއެހުންތައް ލަސްވުމުން ދައުވާ ލިބޭ މީހުންނާއި ބަންދުގައި ތިބޭ މީހުންގެ ޝަކުވާތައް ގިނަ ކަމަށް ކޯޓުން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ 2023 ވަނަ އަހަރު ފެބްރުއަރީ މަހުން ފެށިގެން ކޯޓުގެ އެއްބައި ބޭނުން ނުކުރުމަށް އެންގުމާއި ގުޅިގެން ކޯޓުގެ ޝަރީއަތްތަކަށް ބުރޫއަރާފައިވާ ކަމަށާއި ކޯޓުން ޝެޑިއުލްކުރި މައްސަލަތަކާއި ނިންމި މައްސަލަތައް މަދުވެފައިވާ ކަމަށެވެ. ކޯޓުގެ ހާލަތު މިހާރު ހުރިގޮތުން ކޯޓަށް ހާޒިރުވެ މަސައްކަތް ކުރުމަކީ ކޯޓުގެ ހުރިހާ މުވައްޒަފުންނަށް ވެސް ހުރި ނުރައްކަލެއް ކަމުގައި ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: