ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްލިކްގެ އަހަރީ ދުވަހާއި ދިމާކޮށް ދެ ލަކީޑްރޯއެއް!

ކްލިކް ކޮމްޕިއުޓާރޒްގެ އަހަރީ ދުވަހާއި ގުޅުވައި ބާއްވާ ލަކީޑްރޯގެ މައުލޫމާތު: ފޮޓޯ/ކްލިކް
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައި ކްލިކް ކޮމްޕިއުޓާޒްއިން ދެ ލަކީޑްރޯއެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ކްލިކް ކޮމްޕިއުޓާޒްގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި އެ ކުންފުނިންވަނީ ޖެނުއަރީ 19 ވަނަ ދުވަހަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ކްލިކް އިން ބުނެފައިވާގޮތުން އެއް ލަކީ ޑްރޯއަކީ ހާއްސަ އެއް ދުވަހަށް ކުރިއަށް ގެންދާނެ ލަކީޑްރޯއެކެވެ. އަދި އަނެއް ލަކީ ޑްރޯ ދިގު މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަންވެސް ހިއްސާކޮށްފައިވެއެވެ.

މި ދެ ލަކީ ޑްރޯވެސް ޖެނުއަރީ 19 ވަނަ ދުވަހު ފެށިގެންދާނެއިރު، އެއް ލަކީޑްރޯ ކުރިއަށް ގެންދާނީ އެ ދުވަހުގެ ހަވީރު ހަތަރަކުން ރޭގަނޑު ދިހަ ގަޑި ތިރީހުގެ ނިޔަލަށް މަޖީދީ މަގުގައި ހުންނަ ޝޯރޫމަށް ވަޑައިގަންނަވާ ކަސްޓަމަރުންގެ މެދުގައިކަމަށް ހިއްސާކޮށްފައިވެއެވެ.

ދިގު މުއްދަތަށް ކުރިއަށް ގެންދާ ލަކީ ޑްރޯ ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވެއެވެ.

ކްލިކް އިން ދިގު މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލަކީޑްރޯގެ މައުލޫމާތު: ފޮޓޯ/ ކްލިކް ކޮމްޕިއުޓާރޒ

އެއް ދުވަހަށް ކުރިއަށް ގެންދާ ލަކީ ޑްރޯގައި 20 ނަސީބުވެރިންނަށް ގިފްޓް ހެމްޕާ ދިނުމަށް ކަނޑައެޅިފައިވާއިރު، ދިގު މުއްދަތަށް ކުރިއަށް ގެންދާ ލަކީ ޑްރޯގައި ޖުމުލަކޮށް ހަތަރު ނަސީބުވެރިން ހޮވާނެކަމަށް ކްލިކް އިން ބުނެފައިވެއެވެ. އެއް ވަނަ އަށް ދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ޓީވީއެއް ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނަ އިނާމެއްގެ ގޮތުގައި ލެޕްޓޮޕެއް އަދި ތިންވަނަ އިނާމެއްގެ ގޮތުގައި ޕްރިންޓަރެއް ދިނުމަށް ހަމަޖެހިފައިވާއިރު، ހަތަރުވަނަ ނަސީބުވެރިއަކަށް ޓެބްލެޓެއް ލިބިގެންދާނެކަމަށް ކްލިކް އިން ހިއްސާކޮށްފައިވެއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ލަކީ ޑްރޯގެ ނަސީބުވެރިން ހޮވުން އޮންނާނީ ޖެނުއަރީ 20 ވަނަ ދުވަހުގައިކަމަށްވެސް ކްލިކް އިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: