ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބުގެ ވަގުތީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު ހަމަވަނީ!

ފޮޓޯ: އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަން ކޮމިޝަނުން މަޖިލިސް އިންތިހާބަށް ވަމުންދާ އެންމެފަހުގެ ތައްޔާރީތައް ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރެއިން މިވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތަކީ އެންމެ ބާރަށް ކުރިއަށްދާ މަސައްކަތަކީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ގެޒެޓު ކުރުމުގެ މަސައްކަތްކަމަށާއި އަދި އާންމުންގެ ޝަކުވާއަށް މިހާރު ހުޅުވާލާފައިވާ ކަމަށްވެސް ޒަކަރިއްޔާ ވިދާޅުވިއެވެ.

މިހާރު އިއުލާނުކޮށްފައިވާ ލިސްޓު ބެއްލެވުމަށް އިލްތިމާސް ކުރައްވާ އެސްޖީ ވިދާޅުވީ އެ ލިސްޓު އާންމުކުރި ފަހުންވެސް ހިނގަމުން މިދާ 10 ދުވަސް ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ރަށްވެހިކަން ބަދަލުކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރށްވެހިކަން ބަދަލުކުރުމުގެ އިތުރުން އެޑްރެސް ބަދަލުކުރުމާއި މިފަދަ ޝަކުވާތައް އީސީއަށް ލިބެމުން ދާކަމަށް އެސްޖީ ވިދާޅުވިއެވެ. ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކުންވެސް އަދި އެޑްރެސް ބަދަލުކޮށްފައިވާ ފަރާތްތަކުންވެސް އީސީ އިން އާންމު ކޮށްފައިވާ ލިސްޓު ޗެކުކޮށް ބަދަލުކުރެއްވި އެޑްރެސްގައިތޯ އެބޭފުޅެއްގެ ނަންއޮތީ ބެލުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ލިސްޓުގައި ނަން ނެތް ކަމަށްވާނަމަ އެބޭފުޅެއްގެ ރަށްވެހިކަން ބަދަލުކުރި ރަސްމީ ލިޔުން ނުވަތަ އެޑްރެސް ބަދަލުކުރެއްވި ރަސްމީ ލިޔުމާއިއެކު ލިސްޓަށް ޝަކުވާހުށަހަޅާ ފޯމާއިއެކު މިމަހުގެ 21ގެ ކުރިން އީސީ އަށް ހުށަހެޅުމަށް އެސްޖީ ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: