ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫއިން ސެމްސަންގް S24 ސީރީޒްގެ ޕްރީއޯޑާއަށް ހުޅުވާލައިފި

ފޮޓޯ: އުރީދޫ މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްއިން ސެމްސަންގް S24 ސީރީޒް ގެ ޕްރީ-އޯޑާއަށް ހުޅުވާލައިފިއެވެ.

ސެމްސަންގް S24 ސީރީޒްގައި 3 މޮޑެލް ހިމެއެވެ. އެއީ ސެމްސަންގް ގެލެކްސީ S24، ސެމްސަންގް ގެލެކްސީ S24 ޕްލަސް އަދި ސެމްސަންގް ގެލެކްސީ S24 އަލްޓްރައެވެ. ކަސްޓަމަރުންނަށް ޕްރީ-އޯޑާ ކުރަން ފެށޭނީ 19 ޖަނަވަރީ 2024ގެ މެންދަމު 00:00 އިން ފެށިގެން 6 ފެބްރުއަރީ 2024އަށް އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ކަމަށް އުރީދޫއިން ވަނީ މައުލޫމާތު ދީފައެވެ.

ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް ގިނަ ފައިދާ ތަކެއް ލިބޭނެ ކަމަށާއި އޭގެތެރޭގައި ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއެއް ލިބޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް 100 ޖީބީ ބޯނަސް ޑޭޓާ ލިބޭނެ ކަމަށާއި، އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ 2 މަހުގެ ޕްރީމިއަމް އޮފަރ އާއި،
އެޑޯބީ އެކްސްޕްރެސް ގެ 2 މަހުގެ ޕްރީމިއަމް އޮފަރގެ އިތުރުން ފުރަތަމަ ޕްރީ އޯޑާ ކުރާ ފުރަތަމަ 24 ކަސްޓަމަރުންނަށް 1000ރ ގެ މޫލީ ވައުޗަރ ލިބޭނެ ކަމަަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫ މޯލްޑިވްސް ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ އިންޑަސްޓްރީގެ ފުންނާބުއުސް ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަމުން ކަމަށް އެކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: