ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުނިޓީން ރަމަޒާން މަހަށް ހާއްސަ ނައިޓް މާކެޓެއް ބާއްވަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނިޓީ އިވެންޓްސް އެންޑް އެންޓަޓެއިންމެންޓުގެ “ރަމަޒާން ނައިޓް މާކެޓް 2024” އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

ޔުނިޓީން ކުރިއަށްގެންދާ ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހު 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމްގައި ބޭއްވުމަށް ނިންމާފައިވާ މި ނައިޓް މާކެޓުގައި 180 ސްޓޯލް ބަހެއްޓުމަށް ހަމަޖެހިފައިވާއިރު އޭގެތެރެއިން 100 އަށްވުރެ ގިނަ ސްޓޯލް މިހާރު ވިކިފައިވާ ކަމަށް ޔުނިޓީ އިން ވަނީ ބުނެފައެވެ.

ފީނިކްސް ކޯ އާއި ގުޅިގެން ޔުނިޓީ އިން ކުރިއަށް ގެންދާ މި ނައިޓު މާކެޓު އެމުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 12:00ގެ ނިޔަލަށެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވާ މި ނައިޓު މާކެޓު އޮންނަ ކޮންމެ ރެޔަކު ކަސްޓަމަރުންނަށް އެކި އިނާމުތައް ލިބިގެންދާނެއެވެ. މި ނައިޓު މާކެޓުގައި މިފަހަރު ގޭމް ކުޅޭނެ ހާއްސަ ސަރަހައްދެއް ވެސް އޮންނާނެ ކަމަށާއި އަދި ކާބޯތަކެއްޗަށް ހާއްސަ ސަރަހައްދަކާއި އެޑްވަޓައިޒް ކުރުމުގެ ތަފާތު ފުރުސަތުތައްވެސް ހުޅުވާލާފައިވާ ކަމަށް ޔުނިޓީގެ އޮފިޝަލުން ވަނީ މައުލޫމާތު ދީފައެވެ.

ސޯޝަލް މީޑިއާ ފްރޮމޯޝަނެއްވެސް ކުރިއަށް ގެންދާނެ ކަމަށާއި އަދި އެކަން ނައިޓު މާކެޓު ފަށާދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޔުނިޓީއިން ވަނީ މައުލޫމާތު ދީފައެވެ. ހަމައެއާއެކު މި ޕްރޮމޯޝަން ނައިޓު މާކެޓުގެ އެންމެ ފަހު ދުވަހާއި ޖެހެންދެން ކުރިއަށް ދާނެކަމަށްވެސް ޔުނިޓީއިން ވަނީ ބުނެފައެވެ.

ނައިޓް މާކެޓަށް ސްޓޯލް ބުކް ކުރުމަށް ހުޅުވާލެވިފައިވާ ކަމަށް ޔުނިޓީ އިން ވަނީ މައުލޫމާތު ދީފައެވެ. މި ނައިޓް މާކެޓްގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކުން 9141432 ގުޅައިގެން ސްޓޯލް ބުކް ކުރެވޭނެ ކަމަށް ޔުނިޓީން ވަނީ މައުލޫމާތު ދީފައެވެ.

ޔުނިޓީ އިން ބުނިގޮތުގައި މި ނައިޓް މާކެޓަށް 80،000 އާއި ލައްކައަކާއި ދެމެދު އަދަދަކަށް މީހުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ޔުނިޓީން މީގެ ކުރިން ވެސް ވަނީ ވަރަށް ކާމިޔާބު ނައިޓް މާކެޓްތައް އިންތިޒާމުކޮށްގެން ކުރިއަށްގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: