ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދައާއި މަޖިލީސް އިންތިހާބު ދިމާވަނީ، މިލާދީ ކަލަންޑަރަށް ބަލައިގެން ގާނޫނު ހަދާފައިވާތީ: ފުއާދު

އީސީގެ ރައީސް ފުއާދު އާއި ނައިބު ރައީސް ހަބީބް އީސީގެ ނިއުސް ކޮންފަރެންސެއްގައ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހުގެ ތެރޭގައި މަޖިލީސް އިންތިހާބު ބޭއްވުމަށް މަޖުބޫރުވީ ގާނޫނަށް ބަދަލު ނުގެނައުމުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

މަޖިލީސް އިންތިހާބާއި ގުޅުވާ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ފުއާދު ވިދާޅުވީ ރޯދަ މަހު އިންތިހާބު ބާއްވަން ޖެހުނީ ކީއްވެގެންކަން އެނގުން މުހިންމުކަމަށެވެ.

އެގޮތުން ތަފްސީލުކޮށްދެއްވާ ފުއާދު ވިދާޅުވީ ގާނޫނު ހަދާފައި ހުރީ މީލާދީ ކަލަންޑަރަށް ބަލައިގެންކަމަށެވެ. ޤާނޫނުތައް ހަދާފައި ހުންނައިރު މީލާދީ ކަލަންޑަރާއި ހިޖުރީ ކަލަންޑަރާ ތަފާތުތަކެއް އަންނަކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މަޖިލިސްގެ އިންތިޚާބު ބާއްވަން އިއުލާން ކުރަން ޖެހެނީ އޭރު ހިނގަމުންދާ މަޖިލިސްގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިންކަމަށެވެ. އެންމެ އަވަހަށް އިއުލާން ކުރެވޭނެ ތާރީހަކީ 31 ޖެނުއަރީކަމަށާއި، އެހެންކަމުން މިކަމާއި ގުޅިގެން އަމިއްލަ އިސްނެގުމުގެ މަތިން މަޖިލީހުގައި މަޝްވަރާކޮށްފައިވަނެކަމަށް ފުއާދު ވިދާޅުވިއެވެ.

މަޖިލީހުގެ ފަރާތުން ބޭނުންވީ އިންތިހާބު ފަސްކުރުމަށް ނަމަވެސް، އެކަމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށާއި، އެއީ ރަމަޟާން މަހުގެ ފަހު ދުވަސްތަކުގައި ސަރުކާރު ބަންދުވުމުންކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އެއަށްފަހު އީދު ބަންދު އައިސް، ދެން އޮތީ ސުކޫލު ދަރިވަރުންގެ އިމްތިހާނު ދުވަސްތައްކަމަށް ފާހަގަކޮށް، އިދާރީ ކަންކަމުގައި އާއި، އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސުކޫލުތައް ހޯދުމުގައި ދަތިތައް ހުންނާނެކަމަށް ފުއާދު ވިދާޅުވިއެވެ.

ބޮޑަށް އެބޭފުޅުންގެ ވާހަކަ ހުރީ އިންތިޚާބުގެ ފަހަށް ޖެއްސިދާނެތޯ؟ އެގޮތަށް ބަލާއިރު ގޮންޖެހުންތައް އެބަހުރި، ރަމަޟާން މަހުގެ ފަހު 10 ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް އެއަށްފަހު މި އަންނަނީ އީދު ބަންދުގެ ދުވަސްތައް، އެއަށްފަހު މި އަންނަނީ ހުރިހާ ސްކޫލުތަކެއްގެ އިމްތިޚާނުތައް. އެ ދުވަސްވަރަކީ އަޅުގަނޑުމެންނަށް ސްކޫލުތައް ލިބޭނެ ދުވަސްވަރެއް ނޫން.

ފުއާދު ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ކުރިން އިންތިހާބު ބޭއްވެން އޮތް ގޮތަކީ، މިހާރު މަޖިލީސް އިންތިހާބު އިއުލާންކުރުމަށް އޮތް މުއްދަތު 120 އިން 140 އަށް ބަދަލުކޮށްގެންކަމަށް ފާހަގަކޮށް ފުއާދު ވިދާޅުވީ ގާނޫނު އިސްލާހުކޮށްގެން މިކަން ކުރެވޭނެކަމަށެވެ. ނަމަވެސް މަޖިލީހުގެ މެންބަރުން ގާނޫނަށް ބަދަލު ގެންނަން ބޭނުން ނުވާކަމަށް ފުއާދު ވިދާޅުވިއެވެ. މިކަމާއި ގުޅޭ ގޮތުން ތަފާތު އެކި ގޮތް ގޮތަށް ވާހަކަތައް ދެކެވެމުން ދާތީ ފުއާދު ވިދާޅުވީ، މި މަސައްކަތުގެ ބުރަކަން އިނގޭނީ ތަޖުރިބާ ކުރެވުމުންކަމަށެވެ.

ރަމަޟާން މަހުގެ ތެރޭގައި އިންތިހާބު ބާއްވާތީ ސިޔާސީ ޕާޓިތަކުގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ފަރާތްތަކުން ފާހަގަކުރަނީ ރަމަޟާން މަހު އިންތިހާބު ބާއްވައިފިނަމަ ވޯޓާސް ޓާން އައުޓް ދަށްވެގެން ދާނެކަމަށެވެ. އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް އެމްޑީޕީ އާއި އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވެސް ވަނީ އެދިފައެވެ.

އިންތިހާބު ފަސްކުރުމަށް އެދޭ ސަބަބުކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓިގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރަން ލިބޭ ވަގުތު މަދުވާނެތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: