ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިނގިލިން މާލެ ގެނައި ކުއްޖާ ނިޔާވުމުގައި ސަރުކާރުގެ އިހުމާލު އެބައޮތް: ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލް ބައްދަލްވުމުގައި ހަސަން ލަތީފް/ ފޮޓޯ: މި
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ވިލިނގިލީ އުމުރުން 13 އަހަރުގެ ކުއްޖަކު މާލެ ގެނައުމުގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ. 

ޑިމޮކްރެޓްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގއ. ވިލިނގިލީ އުމުރުން 13 އަހަރުގެ މުޙައްމަދު ޖާހް ޚާލިދުގެ ބަލިހާލަތު ބޮޑުވެގެން އަވަހަށް މާލެ ގެންދިއުމަށް އެ ރަށުގެ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވާފައި ވަނިކޮށް، އެގޮތަށް އަމަލުކުރުން ލަސްކުރުމުގެ ސަބަބުން އެކުއްޖާ ނިޔާވި ހިތާމައިގައި އެ އާއިލާއާއެކު އެ ޕާޓީން ބައިވެރިވާކަމަށެވެ.

އަވަހަށް ފަރުވާލިބެންޖެހޭ ކުއްޖާ އިމަޖެންސީކޮށް އުފުލުމުގައި ކަންހިނގާފައިވާ ގޮތާމެދު ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައިވާ ވާހަކަތަކުން ވެސް އެކަމުގައި އިހުމާލުވެފައިވާކަން އެނގޭ ކަމަށް އެ ޕާޓީން ނެރެފައިވާ ނޫސް ބާޔާނުގައި ބުނެފައިވެއެވެ. 

ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ސަރަހައްއްދުތަކުގައި ސިއްހީ ހިދުމަތް ފުރިހަމަ ގޮތުގައި އަދި ވެސް ލިބެން ނެތްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި ބަލިހާލަތު ބޮޑުވުމުން މާލެ ގެނައުން ލާޒިމުވެފައިވާކަން އިނގޭކަމަށާއި، ބަލިމީހުން އިމެޖެންސީކޮށް އުފުލޭނެ އިންތިޒާމަކީ އެންމެ ޔަގީންކަމާ އެކު ހަމަޖެހިފައި އޮންނަން ޖެހޭނެ ނިޒާމެއް ކަމަށް ޕާޓިގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެންމެ ފަހުން މި ހިނގި ހިތާމަވެރި ހާދިސާއިން އެނގެނީ އެކަން އެހާ އިތުބާރާ އެކު ހަމަޖެހިފައި ނެތްކަން ކަމަށާއި އަދި މި ފަހަރު މި ދިމާވި ހާދިސާގައި އިހުމާލުތަކެއް ވާކަން މިހާތަނަށް ސަރުކާރުން ހާމަކުރެއްވި މައުލޫމާތުން އިނގޭކަމަށް ވެސް ޑިމޮކްރެޓްއިން ވަނީ ބުނެފައެވެ. އެހެންކަމުން އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގަވައި، އެކަމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އެ ޕާޓީން ވަނީ ގޮވާލައިފައެވެ. 

ބަޔާނުގައި ވަނީ މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކުގެ އުސޫލުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ގޮވާލާފައެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދެންވެސް ހެޔޮނުވާނެ ތިކަންތައް ސިޔާސީ ނުކޮށް ދެންވެސް އެސޮރު ކައްވަޅުގައި އޮތަަދީބަލަ… ސިޔާސީ ނުކޮށް އެސޮރަށް ހެޔޮދުއާ ކޮށްބަލަ ހެޔޮނުވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: