ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ކުއްޖާގެ ފަރުވާއަށް ހުރަސް އެޅީ، އިންޑިއާގެ ޑޯނިއާ ބޭނުން ނުކުރަން ގަސްތުގައި: ސައުދު

ގއ. ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއިން ރާއްޖެއަށް ހަދިޔާ ކުރި ޑޯނިއާ މެޑިކަލް އިވެކުއޭޝަންތަކަށް ބޭނުން ނުކޮށް، ދެން ސަރުކާރުން ގެންނަނީ ކޮން ހައްލެއްކަން ނުވަތަ ކޮން ގައުމެއްގެ އެއާ ކްރާފްޓެއްކަން ރައްޔިތުންނަށް އަންގަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.

މިދިޔަ ދެ މަހެއްގެ ތެރޭގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވި ސަބަބުތަކުގެ ތެރޭގައި އިންޑިއާގެ ޑޯނިއާ ބޭނުން ނުކުރުން ހިމެނެ އެވެ. އެގޮތުން އައްޑޫގައި މޫދަށް އެރި އުޅުނު ކުއްޖަކު ގެއްލިގެން ހޯދުމުގައި ވެސް އިހުމާލުވިކަމުގެ ތުހުމަތުކޮށް ފާޑުކިއުން އަމާޒުވިއިރު އިއްޔެ ފެންމަތިވީ ގއ. ވިލިނގިލި ހޮސްޕިޓަލުގައި ކުޑަކުއްޖެއް ހާލު ދެރަވެ އިމަޖެންސީގައި މާލެ ނުގެނެވުނު މައްސަލަ އެވެ.

އިންޑިއާގެ ޑޯނިއާގެ މަތިންދާބޯޓު ބޭނުން ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވިކަމަށް ބުނެ އެ ރަށުގެ ހޮސްޕިޓަލް ސަރަހައްދަށް ރައްޔިތުން އެއްވެ އިހުތިޖާޖު ވެސް ކުރި އެވެ. އެއަށް ފަހު އެ ކުއްޖާ މާލެ ގެނެސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ހޮނިހިރު ދުވަހުގެ 11:30 ވަނީ ނިޔާވެފަ އެވެ. މިއީ ސަރުކާރުގެ އިހުމާލުކަމަށާއި، ޑޯނިއާ ބޭނުން ނުކުރަން ސަރުކާރުން އެންގީކަމަށް ބުނެ މީޑިއާތަކުގައި ވެސް ރިޕޯޓުކޮށްފައި ވެއެވެ.

މި މައްސަލައިގައި މިއަދު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި މެމްބަރު ސައުދު ހުށަހެޅުއްވި މައްސަލައިގައި ކަމާގުޅޭ މުއައްސަސާތައް ހާޒިރުމަށް ވަނީ ނިންމާފަ އެވެ. ކޮމިޓީ ނިންމަވާލުމަށް ފަހު ނިކުމެވަޑައިގެން، އެމްޑީޕީގެ އެހެން ބައެއް ބޭފުޅުންނާއި އެކު ހުންނަވައި ސައުދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ދިވެހި ސަރުކާރުގެ އޮތީ ވަރިހަމަ އުސޫލެއްކަމަށް ތުހުމަތު ކުރައްވައި ސައުދު ވިދާޅުވީ، އަމިއްލަ މަސްލަހަތު އިސްކުރުމަށް ފަހު މި ސަރުކާރުން ބެލީ ދިވެހި ރައްޔިތުންގެ ހައްގުތައް އެއްފަރާތް ކުރުމަށް ކަމަށެވެ. މާދަމާގެ ހާލަތަށް ބަލައި މިއީ ބޮޑު ކަންބޮޑުވުމެއްކަމަށާއި، ސިއްހީ ނިޒާމާއި ރައްޔިތުންގެ ފުރާނައަށް ބެލުމެއް ނެތި އަމިއްލައަށް އުފެއްދި ކޯޅުމެއްގައި އެ ހުރިހާކަމެއް ޖެއްސުން ބަލައިނުގަނެވޭނެކަމަށް ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ދިވެހިރާއްޖެއަކީ އެއްވެސް ބަޔަކާ ހަނގުރާމައެއް އިއުލާނުކޮށް، ދުޟްމަނަކަށްވުމަށް އެއްއިރެއްގައި ވެސް މަސައްކަތް ކުރި ބައެއް ނޫންކަމަށާއި މިހާތަނަށް އައިއިރު ގައުމެއް ހިތްހަމަނުޖެހޭ ކަމެއް ކުރެވިގެން އުފެދުނު މައްސަލައެއް ވެސް ނެތްކަމަށެވެ.

އިންޑިއާގެ ޑޮކްޓަރުންލައްވާ ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ބޭސްފަރުވާ ކުރުން މަނާކުރުމަށް އަޅުގަނޑުމެންނާ އެއްވަރުގެ މައްސަލައެއް އެބައޮތްތޯ… ހަނގުރާމައެއް އިއުލާނުކޮށްގެންތޯ މިއުޅެނީ

މެޑިކަލް އިވެކުއޭޝަނަށް ޑޯނިއާ ތައްޔާރީ ހާލަތުގައި އޮއްވައި، އޭގެ ބޭނުން ނުހިފުން ކުށްވެރިކޮށް ސައުދު ވަނީ އެއީ ގަސްތުގައި އަވަސް ފަރުވާއަށް އެޅި ހުރަހެއްކަމަށް ވިދާޅުވެފަ އެވެ. ސައުދު ވިދާޅުވި ގޮތުގައި ވިލިނގިލިގެ ރައްޔިތުން ނިކުމެ ކުރި އިހުތިޖާޖު އެތައް ބަޔަކަށް ފެނުނުކަމަށާއި އެ ކުއްޖާގެ ހާލަތު ނާޒުކުކަން ރަށުގެ ހޮސްޕިޓަލަށް ވެސް އެނގޭ ކަމަށެވެ.

އެހެންނަމަވެސް އިންޑިއާގެ ޑޯނިއާއަކަށް ވީތީ، އެ ބޭނުން ނުކުރަން ސަރުކާރުން ބޭނުންވުމަކީ އެއީ ކޮން މަގްސަދެއް ހާސިލު ކުރުމަށް ނިންމި ނިންމުމެއްތޯ ސައުދު ސުވާލު އުފެއްދި އެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ހާލު ދެރަވާ މީހުން ވަގުތުން މާލެ ގެނެވޭނެ އިންތިޒާމުތައް ހަމަޖެހުނުކަމަށާއި، މިފަދަ މައްސަލަތައް ދިމާވެގެން އުޅެން ނުޖެހޭ ކަމަށެވެ.

އަވަސް ފަރުވާއަށް ގެންދަން ޖެހޭތީ ވެ، ވިލިނގިލީގައި ކުރި އިހުތިޖާޖު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފެންނާނެ.. ރައްޔިތުންނަށް އެ ކުއްޖާއަށް އަވަސް ފަރުވާއަށް ބޭނުންވާކަން އެބަ އެނގޭ.. އެ ކުއްޖާގެ ހާލު ކްރިޓިކަލްކަން އެބަ ފެނޭ.. ރައްޔިތުން އެކަމަށް އެދި އާދޭސް ކުރޭ.. މީގެ ކުރިން ބަލި މީހަކު އެފަދަ ހާލަތަކަށް ގޮސްފިއްޔާ، މޯލްޑިވިއަންގެ އެވެއިލިބިލިޓީ ނެތް ނަމަ ވަގުތުން ޑޯނިއާ އެބަ އެކްޓިވޭޓު ކުރެވޭ..

ޑޯނިއާއިން ފަރުވާއަށް ރައްޔިތުން މާލެ ގެނެވި، އެތައް ފަސޭހަތަކެއް ލިބިގެންދާއިރު ސައުދު ވިދާޅުވި ގޮތުގައި އެ އެއާކްރާފްޓު ވީ ރައްޔިތުންގެ ތެރެއިން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނު ސަބަބަކަށެވެ. އެހެންކަމުން އިތުރަށް ބަދަލުވާނެ ހާލަތެއް ނެތި، ޑޯނިއާ ބޭނުން ނުކުރާތީ އެކަމަށް ސައުދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ސައުދު ވަނީ ޑޯނިއާ ބޭނުން ނުކުރީ، އެއީ އިންޑިއާގެ އެއާކްރާފްޓަކަށް ވާތީކަމަށް ވިދާޅުވެ ސަރުކާރުން ދެން އިތުރު ހައްލެއް ނުދައްކަނީ ކީއްވެގެން ތޯ ސުވާލު ކުރައްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ޑޯނިއާ ބޭނުން ކުރުން ހުއްޓާލުމަށް ފަހު، ދެން ބޭނުން ކުރާނީ ކޮން ކްރާފްޓެއްކަން ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

އެ ފްލައިޓު އެބައޮތް އަދިވެސް، އެ ހެލިކޮޕްޓަރު އެބައޮތް އަދިވެސް.. އެ ނޫން ވަސީލަތެއް ދިވެހި ސަރުކާރަކުން ރައްޔިތުންނަށް ނުދައްކާ.. ތިމަންނާމެން މި ބޭނުން ކުރުން މި ހުއްޓާލަނީ އޭ.. މީގެ ބަދަލުގައި ދެން ބޭނުން ކުރާނީ ޗައިނާގެ މިވެނި އުޅަނދެކޭ… ގައުމުގައި އެ ވަސީލަތް ލިބެން ހުއްޓައި، ދައުލަތުން ގަސްތުގައި އެކަމަށް ހުރަސްއެޅީ

ސައުދު ވަނީ އައްޑޫގައި އުމުރުން 18 އަހަރުގެ ކުއްޖެއް އިހި ނަގަން މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލިގެން ހޯދުމުގައި ވެސް ޑޯނިއާ ބޭނުން ނުކުރާތީ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. ކުޑަ ދެކުއްޖެއްގެ ފުރާނައަށް މިހާބޮޑު ގެއްލުމެއް ލިބުނުއިރު ދައުލަތެއް ވަރިހަމަވެފައި އޮތުމުން ކަންބޮޑުވާކަމަށް ސައުދު ވިދާޅުވި އެވެ.

ސަރުކާރުގައި ޖެހިފައި ވަނީ އަނދިރި ދައުލަތެއްގެ ސިފައެއްކަމަށާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެމްޑީޕީ އަބަދުވެސް ދެމި އޮންނާނެކަމަށް ސައުދު ވިދާޅުވި އެވެ. ކޮންމެ ހާލަތެއް ވެސް ދިމާވުމާއި އެކު އަމަލު ކުރާނެ ގޮތުގެ އެސްއޯޕީތައް ލިޔެވިފައިވާއިރު އެއާއި އެއްގޮތަށް އަމަލު ކުރިތޯ ބަލާނެކަމަށް ސައުދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: