ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެދުކެނޑުމަކަށް ފަހު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް ބާއްވަނީ!

މީގެކުރިން 2019 ގައި ބޭއްވި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން އެއްވަނައަށް ދިޔަ އެމްއޭސީއެލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

“އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024” ގައި ބައިވެރިވުމުގެ ފުރުސަތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ހުޅުވާލައިފިއެވެ.

ޓެލެޑްރާމާގެ ތީމްއަކީ އެ އޮފީހެއް، މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ މައިގަނޑު މަސައްކަތްތަކާ ގުޅުންހުރި އަދި އިޖްތިމާއީ މައްސަލައަކަށާއި އެއަށް ޙައްލެއް ހޯދޭނެ ތީމެއްގެ މައްޗަށް ކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެން.ސީ.އޭ) އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި ރާއްޖޭގެ ތާރީޚާއި އާދަކާދަ އާއި، ޚިލާފުނުވާ މުޖްތަމަޢުގައި ހިމެނޭ ދޭދޭ އަފްރާދުންގެ މެދުގައި މަސްލަހަތު ނުގެއްލޭފަދަ ތީމްއަކަށް ވާން ޖެހޭ ކަމަށް ވެސް އެންސީއޭއިން ބުނެއެވެ. މި މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

“އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް” 05 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބޭއްވުމަށް އުސޫލް އާއްމުކޮށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިމުބާރާތުގެ ބައިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމް ހުށަހެޅުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ވަނީ އެދިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެސެންޓަރުން ލިބޭއިރު ވެބްސައިޓް އިން ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.

އެންސީއޭއިން ބުނީ، މި މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާނީ ހުރިހާ ފަނޑިޔާރުން ދޭ މާރކްސްގެ އެވްރެޖުން އެންމެމަތީ މާކްސް ހޯދާ ފަރާތަކަށް ކަމަށެވެ. މީގެ އިތުރުން “ވިއުވަރސް ޗޮއިސް” މިއެވޯޑް ލިބޭނީ އެސް.އެމް.އެސް އަށް ހުޅުވަލައިގެން އެންމެ ގިނަ އެސް.އެމްއެސް ލިބޭ ފަރާތަކަށް ކަމަށް އެންސީއޭއިން ބުނެއެވެ. މި މުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގައި ވެސް ރަމަޟާން މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: