ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން 2024 ގައި ބައިވެރިވުމަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންނަށް ހާއްސަކޮށް ބާއްވާ ޕްރެކްޓިސް ޕާލިމެންޓް ޕޮރްގްރާމް ފޯރ ވިމެން 2024 އަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ރައްޔިތުންގެ މަޖިލީސްއާ ޔޫއެންޑީޕީ މޯލްޑިވްސް އާއި އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑާ ގުޅިގެންނެވެ. މި ޕޮރްގުރާމުގެ މަގްސަދަކީ ޑިމޮކްރެޓް ޕްރޮސެސްތަކުގައި އަންހެނުން ބައިވެރިވުމާއި އާންމު މަގާމުތަކަށް ވާދަކުރުމުގެ ގާބިލްކަން އިތުރުކުރުމުގެ އިތުރުން އިތުބާރު ބިނާކުރުމެޗެ.

ޕާލިމެންޓް ޕްރޮގުރާމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ. މީގެ އިތުރުން ސިޔާސީ ޕާޓީ ތަކާއި އަންހެނުންގެ ތަރައްގީއަށް މަސަކަތްކުރާ ކޮމެޓީތަކާއި އެންޖީއޯ ތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޕްރޮގުރާމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ ފަރާތްތައް ބެލުމަށް، ޕްރީ ސްކްރީނިންއެއް ހަދާނެެއެވެ. ޝަރުތުހަމަވާ ފަރާތްތަކާއި އެކު ފޯން އިންޓަވިއުއެއްކޮށް ޝަރުތުހަމަވާ މިންގަޑުތަކާއި އެއްގޮތައް މާކްސް ދޭނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އެންމެ މަތިން މާކްސް ލިބޭ 40 ފަރާތަކަށެވެ. ފެބްރުއަރީ 18 އިން ފެށިގެން 24 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމް އޮންނާނީ މާލޭގައެވެ.

ޕްރޮގުރާމުގައި ބައިވެރިވުމުގެ ސުންގަނޑިއަކީ ޖެނުއަރީ 27 ވަނަ ދުވަހެވެ. އަދި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް (ޔޫއެންޑީޕީ)ގެ ނަންބަރ 9397651 އަށް ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރ އަދި މިހާރު ދިރިއުޅޭ ރަށުގެ މައުލޫމާތު މެސެޖް ކުރުމުން ޕްރޮގުރާމުގައި ބައިވެެރިވެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: