ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކަނޑުތަކުގެ ރަސްގެފާނުގެ ގޮތްފާޑު” ނަމުގައި އެކުލަވައިލެއްވި ފޮތެއް އާދަމް ނަޞީރު ނެރެދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހީންގެ ކަނޑުގެ ދިރުންތަކުގެ މައްޗަށް އަދުގެ ޖީލުތައް އަހުލުވެރިކުރުމަށް ޓަކައި ލިޔުންތެރިޔާ ޙަސަން ޒަރީރު ލިޔުއްވާން ފަށްޓަވައިފައިވާ ފޮތުގެ ސިލްސާގެ ފުރަތަމަ ފޮތް މިއަދު ނެރުއްވައިފިއެވެ.

މިޔަރުގެ ދިރިއުޅުމުގެ މައްޗަށް އަމާޒުކޮށް “ކަނޑުތަކުގެ ރަސްގެފާނުގެ ގޮތްފާޑު” ގެ ނަމުގައި އެކުލަވައިލެއްވި މި ފޮތް ނެރެދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

ބަހާބެހޭ ވުޒާރާގައި މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮތުގެ މުޞައްނިފު ޒަރީރު ވިދާޅުވީ މި ސިލްސިލާގެ މައިގަނޑު ބޭނުމަކީ ދިވެހި ކަނޑުތަކުގެ ދިރުންތަކާ ބެހޭ މަޢުލޫމާތު ކުރިއަށް އޮތް ޖީލުތަކަށް ދިވެހި ބަހުން ފޯރުވައިދިނުންކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ފޮތް މިޔަރަށް ޚާއްޞަކުރީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ކަނޑު ހައިވާނުގެ ތެރޭގައި ހިމެނޭ ދިވެހީން ކުރީން އެންމެ ބޮޑު އާމްދަނީއެއް ހޯދިި އެއްޗަކީ މިޔަރުކަމަށްވުމެވެ. އެހެންވީމާ މިޔަރާ ބެހޭ މަޢުލޫމާތު މުހިންމުވަނީއެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ ވާހަކަފުޅުގައި މި ފަދަ މުހިންމު ޢިލްމީ މައުލޫމާތުތަކެއް ދިވެހި ބަހަށް ގެނެސްދެވި ކަމަށް ޓަކައި ލިޔުންތެރިޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހި ފޮތް އަލަމާރިއަށް އާ ފޮތެއް އިތުރުކޮށްެދެއްވި ކަމަށް ޓަކައި ތަހުނިޔާއާއި މަރުޙަބާ ވިދާޅުވިއެވެ. ލިޔުންތެރިޔާ ހަސަން ޒަރީރު ވަނީ އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުމުގެ ނަމުގައި ވެސް ފޮތެއް ލިޔުއްވައިފައެވެ. މިއީ 435 ޞަފުޙާގެ ފޮތެކެވެ. އޭނާ މިހާރު ލިޔުއްވަމުން ގެންދަވަނީ ކަޅުއޮށްފުންމިއާ ބެހޭ ވަކި ޚާއްޞަ ފޮތެކެވެ.

ދިވެހީންގެ އަސްލުތައް ޒަމާންތަކަށް ފޯރުވައި ދިނުމުގައި ލިޔުންތެރީންނަށް އޮތް އެންމެ ބޮޑު ހުރަހަކީ ފޮތް ޗާޕުކުރެވޭނެ ފަސޭހަ މަގެއް ނެތުން ކަމަށް ލިޔުންތެރިޔާ ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިޔަރުގެ ދިރިއުޅުމާ ބެހޭ ގޮތުން އޭނާ އެކުލަވައިލެއްވި ‘ކަނޑުތަކުގެ ރަސްގެފާނުގެ ގޮތްފާޑު’ މި ފޮތް ނެރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި އޮތް ހަފުލާގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ ދިވެހިބަހުން ފޮތް ލިޔަނީ ވަރަށް މާޔޫސްކަމާއެކީގައިކަމަށެވެ. ނަމަވެސް ދިވެހީންގެ ތާރީޚާއި ސަގާފަތާއި ތަރިކައިގެ މުއްސަނދިކަމަށް ޓަކައި އެ ކަމުން ހިތްވަރު ލިބިގަންނަނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަރީރު މީގެ ކުރިން ލިޔުއްވި 435 ޞަފުޙާ ހިމެނޭ އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުން މި ފޮތަކީ ވެސް ވަރަށް ގިނަ ދުވަސް ހޭދަކޮށްގެން ވަރަށް ބޮޑު ހޭދައެއް ކޮށްގެން އަމިއްލަ ޝައުޤުގައި ލިޔުއްވި ފޮތެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޗާޕުކޮށްދޭނެ ފަރާތެއް ނެތުމުން އަމިއްލަ ޚަރަދުގައި 100 ފޮތް ޗާޕުކުރެއްވީއެވެ. އަދުގެ ސަރުކާރުން ދިވެހި ޤައުމިއްޔަތުު ދިރުވައި އާލާކުރުމަށް ކުރައްވާ މަސައްކަތްޕުޅުގައި މި ފަދަ ކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާކަމުގައި ޒަރީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: