ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ ދަތުރުގެ ހަރަދު ޖުމުލަ 2.4 މިލިއަން: ރައީސް އޮފީސް

ރައީސް ޑރ މުއިއްޒުގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައި ޖުމުލަކޮށް ހަރަދުވެގެންދިޔައީ 2.4 މިލިއަނާއި ގާތް ކުރާ އަދަދެއްކަމަށް ރައީސް އޮފީހުން ހިއްސާކޮށްފިއެވެ.

ރައީސް އޮފީހުން މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން ރައީސް މުއިއްޒު ކުރެއްވި ދަތުރުގައި ޖުމުލަކޮށް ނަގާފައިވަނީ 59 ޓިކެޓެވެ. އެގޮތުން މާލެ އިން ސިންގަޕޫރުން ޗައިނާގެ ޒިއަމެންއަށް ދިއުމަށް 3 ބިޒްނަސް ކްލާސް ޓިކެޓު ނެގިކަމަށާއި އެކަމަށް 185،825.42 ރުފިޔާ ހަރަދުވިކަމަށް ހިއްސާކޮށްފައިވެއެވެ. އަދި ހަމަ އެ ދަުތުރުގައި އިކޮނޮމިކް ކްލާހުން 27 ޓިކެޓު ނެގިއިރު ޖުމުލަކޮށް 676،552.50 ހަރަދުވިކަމަށް ރައީސް އޮފީހުން ހިއްސާކޮށްފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން އަނބުރާ އައުމަށްޓަކައި ބެއިޖިންގް ޑުބާއި އަދި މާލެއަށް ދަތުރުކުރާ އުޅަނދަކުން 10 ބިޒްނަސް ޓިކެޓު ނެގިކަމަށެވެ. އަދި އެކަމަށް 904،383 ރުފިޔާ ހަރަދުކަމަށާއި އިކޮނޮމިކް ކްލާހުން އެ ދަތުރުގައި 19 ޓިކެޓު ނެގިއިރު ހަރަދުކޮށްފައިވަނީ 253،720.68 ރުފިޔާކަމަށް ބުނެފައިވެއެވެ.

ރައީސް އޮފީހުންވަނީ އެ ދަތުރުގައި ހިނގާފައިވާ އިތުރު ހަރަދުތަކުގެ ތަފްސީލުތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން 30 ބޭފުޅުންގެ ޕޮކެޓު މަނީގެ ގޮތުގައި 300،495 ރުފިޔާ ހޭދަވެގެންދިޔައިރު.، ދިވެހިންނާއި ބައްދަލުކުރުމަށް 3374 ރުފިޔާ އަދި ސިމްކާޑާއި ވީޕީއެންގެ ހަރަދުގެ ގޮތުގައި 14،341 ރުފިޔާގެ އިތުރުން އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 89،419 ރުފިޔާ ހަރަދުވިކަމަށްވެސް ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން ޗައިނާއަށް ކުރެއްވި ދަތުރުގައި މުޅި ވަފުދުގެވެސް ކެއިންބުއިމާއި ހުރުން ހަމަޖައްސާފައިވަނީ ޗައިނާގެ ސަރުކާރުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: