ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮގްރެސިވް ކޮންގްރެސްގެ މަޖިލީސް ޕްރައިމަރީ އަމާން ކަމާއެކު ކުރިއަށް ގެންދިއުމަށް އީސީން އެދިއްޖެ1

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ކޮންގްރެސްގެ މަޖިލީސް ޕްރައިމަރީ އަމާންކަމާއެކު ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އިލްތިމާސް ކުރައްވައިފިއެވެ.

ހަބީބު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، މިއަދު ބާއްވާ އިންތިހާބަކީ، މިނިވަންކަމާއި، އިންސާފުވެރިކަމާއެކު ބޭއްވޭ ދެފުށް ފެންނަ އިންތިޚާބަކަށް ހެއްދެވުމަށް އެދޭ ކަމަށެވެ.

އަދި ކެންޑިޑޭޓުންނާއި ވޯޓުލާމީހުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަމާންކަމާއި އޮމާންކަމާއެކު އިންތިޚާބުގެ ހުރިހާ ކަމެއް ގެންދެވުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ ގައި 71،597 އަށްވުރެ ގިނަ މީހުންނަށް ވޯޓު ލެވޭނެ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. ޕީޕީއެމް/ޕީއެންސީ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން އޮތީ މިއަދު ހެނދުނު 10:00 އިން ހަވީރު 17:00 އަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް އިން ބުނެފައިވަނީ މި ޕްރައިމަރީގައި 227 ވޯޓު ފޮށި ބެހެއްޓެފައިވާއިރު، 73 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާނެ ކަމަށެވެ.

އަތޮޅުތަކުގެ ވޯޓު ފޮށިތައް ހެންވޭރު ދަނޑުގައި ބެހެއްޓިފައި ވާއިރު މާލޭ ރައްޔިތުން ވޯޓު ލުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ)، ގެ އިތުރުން ރެހެންދި ސްކޫލް (ހުޅުމާލެ)ގައެވެ.

އީސީގެ ފަރާތުން މިގޮތަށް ވޯޓު ލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެދިފައި ވީނަމަވެސް ވޯޓު ލާ ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ވީޑިއޯތަކެއް ސޯޝިއަލް މީޑިއާގައިވަނީ އާންމުވެފައެވެ. އެހެންނަމަވެސް އެ މައްސަލަ ހައްލުކުރެވި ވޯޓު ލުމުގެ ކަންކަން އާމާންކަމާއެކު ކުރިއަށްދާ ކަމަށް ވަނީ އެ ޕާޓީން ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: