ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮގްރެސިވް ކޮންގްރެސްގެ މަޖިލިސް ޕްރައިމަރީގައި ހަމަނުޖެހުން ހިނގުމުން ބައެއް ވޯޓު ފޮށިތަކުގެ ގަޑި އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ކޮންގްރެސްގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ހަމަނުޖެހުންތަކެއް ހިނގުމުގެ ސަބަބުން ބައެއް ވޯޓު ފޮށިތަކަށް ވޯޓު ލުމަށް ކަނޑައަޅައިފައިވާ ވަގުތު އިތުރުކޮށްފިއެވެ.

ސަންގު ޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ހަމަނުޖެހުން ހިނގި ވޯޓު ފޮށިތަކުގެ ވަގުތު އިތުުރު ކުރުމަށް ނިންމައިިފައިވަނީ ތިން ތަނެއްގައި ވޯޓު ލުން ކުރިއަށް ދިޔައިރު ހިނގި ހަމަނުޖެހުމެއްގެ ސަބަބުންނެއެވެ. އަދި އެ ހަމަނުޖެހުންތައް ހިނގާފައިވަނީ  ވޯޓު ލާ ލިސްޓުން ބައެއް ފަރާތްތަކުގެ ނަން އުނިކޮށްފައިވާތީ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ވޯޓު ލާ ސަރަހައްދުތަކުގެ ތެރެއިން ހަމަނުޖެހުން ހިނގާފައިވަނީ ރެހެންދި ސްކޫލާއި، ކަލާފާނު ސްކޫލާއި އަދި ހެންވޭރު ދަނޑުގައެވެ. މިފަދަ ހަމަނުޖެހުންތަނެއް ހިނގާފައިވާއިރު އަދި ޕްރިގްރެސެވް ކޮންގްރެސްގެ ފަރާތުން ރަސްމީ ބަހެއްލިބިފައި ނުވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް އެ ޕާޓީން މިއަދު ހަވީރު 16:00 ގައި ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމާފައިވާ ކަން ފާހަގަކުރެވެއެވެ.

ޕްރައިމެރީގައި ޖުމްލަ 73 ދާއިރާއަކުން 71،597 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާކަމަށް އެ ކޯލިޝަނުން މައުލޫމާތު ދެއެވެ. މި އިންތިހާބުގައި ޖުމްލަ 289 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި 13 ދާއިރާއަކަށް ޕްރައިމެރީއަކާއި ނުލައި ކެންޑިޑޭޓުންނަށް ޓިކެޓު ވަނީ ކަށަވަރުކުރެވިފަ އެވެ. ޕްރައިމެރީއަށް 227 ވޯޓު ފޮށި އަތޮޅުތެރޭގައި ވަނީ ބަހައްޓާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: