ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމަރީއަށްފަހު އެންމެން އެކަތިގަނޑަކަށްވުމަށް އުންމީދުކުރަން: ރައީސް މުއިއްޒު

ރައީސް މުއިއްޒު މީޑިއާތަކާއި ވާޙަކަދައްކަވަނީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިމަރީގެ ނަތީޖާ ލިބުމުން ހޮވޭ ބޭފުޅުންގެ ފަހަތަށް ނޮހޮވޭ ބޭފުޅުން އަރުއްވައި އެންމެން އެކަތިގަނޑަކަށް ވެގެންދިއުމަށް އުންމީދުކުރައްވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ޕްރައިމަރީ ބާއްވާފައިވަނީ އެކަކަށްވުރެ ގިނައިން މީހުން ކުރިމަތިލާފައިވާ ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށި ހިމަނައިގެންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ދަފްތަރުގައި ޖުމްލަކޮށް 71،000 މީހުން ހިމެނޭކަަމަށެވެ. އަދި ސަރަހައްދުގައިވެސް ގިނަ އަދަދެއްގެ މީހުން ވޯޓުލުމާއިގެން އަހުލުވެރިވެ އުޅޭކަމަށް ފާހަގަކުރެއްވޭކަމަށާއި ވޯޓުލުމުގެ މަސައްކަތްތައް ކުރިއަށް ދަނީ ފެށުނީއްސުރެވެސް ފޯރިއާއިއެކުކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި އިންތިހާބުގައި 283 ކެންޑިޑޭޓުން 75 ދާއިރާއަކަށް ވާދަކުރާނެކަމަށާއި ޖުމުލަގޮތެއްގައި އޮތީ އަމާން އޮމާން މާހައުލެއްކަމަށް ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދެ ތިން ތަނެއްގައި ހަމަނުޖެހުންތަކެއް ހިނގިކަން ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އެހެންނަމަވެސް އެ މައްސަަަލަތައްވެސް މިހާރު ހައްލުކުރެވިފައިވާކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ވޯޓުގެ ކަންކަން ކުރިއަށް ގެންދަނީ ކުރިމަތިލެއްވި ހުރިހާ ކެންޑިޑޭޓުންނަށާްވެސް ބައިވެރިވެވޭނެ ގޮތަކަށް ކަމަށެވެ.

އެހެންކަމުން ހޮވޭ މީހުންނާއިއެކު ނުހޮވޭ މީހުން އެކަތިގަނޑެއްގެ ގޮތުގައި ފެނިގެންދާން އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ ރައީސް ވިދާޅުވީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކޮށް ރަނގަޅު ނަތީޖާއެއް ހާސިލުކުރެވިގެންދާނެކަމަށްވެސް އުންމީދުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: