ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީ/ޕީޕީއެމް ޕްރައިމަރީ: ގިނަ ފޮށިތައް ބަންދުކޮށް ވޯޓު ގުނުން ކުރިޔަށް

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މާލޭގައި ވޯޓުލުން ކުރިއަށް ދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީ/ޕީޕީއެމް ޕްރައިމަރީގައި ވޯޓުލާން ބެހެއްޓި ގިނަ ފޮށިތައް ބަންދުކޮށްފި އެވެ.

މިއަދުގެ އިންތިޚާބުގެ ވޯޓުލުން ފެށިފައި ވަނީ ހެނދުނު 10:00 ގައެވެ. ވޯޓުލުން ހަވީރު 5:00 އަށް ހަމަވާން އޮތް ނަމަވެސް މިވަގުތު ބަންދުނުކޮށް ހުރީ ވޯޓުލުން ލަހުން ފެށާފައިވާ ފޮށިތަކެވެ.

މިއަދު ކުރިއަށްދާ އިންތިޚާބުގެ ވޯޓާސް ލިސްޓުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ބައެއް މަރުކަޒުތަކުގައި ވަނީ މައްސަލަ ޖެހިފަ އެވެ. އެގޮތުން މަސްލަހަތު ގެއްލި، ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮއްޓެއް ބަޔަކު ވަނީ އެއްލާލައިފަ އެވެ.

ޕްރައިމަރީގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ދަފުތަރުގައި ރެއާ ހަމައަށް ވެސް އޮތް ބައެއް މީހުންގެ ނަންތައް ޕާޓީ އަދި ވޯޓާސް ލިސްޓުގައި ވެސް މިއަދު ނެތް އިރު، ދުވަހަކު ވެސް ޕާޓީއަށް ސޮއި ނުކުރާ އަދި އެ ޕާޓީގެ ދަފުތަރުގައި ވެސް ނެތް ބައެއް މީހުންގެ ނަން ވޯޓާސް ލިސްޓުގައި އޮތް ކަމަށް ބައެއް މީހުން މިއަދު ތުހުމަތުކުރި އެވެ.

މާލެ ސަރަހައްދުގައި މި އިންތިޚާބުގެ ވޯޓުލުުން ކުރިއަށް ގެންދަނީ ހަތް ސަރަހައްދެއްގަ އެވެ. އެއީ ހެންވޭރު ދަނޑު، ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް، އަދި ރެހެންދި ސްކޫލް އެވެ. މީގެ ތެރެއިން މާލޭގައި ދިރިއުޅޭ އަތޮޅުތެރޭ މީހުން ވޯޓުލުމަށް ހަމަޖައްސާފައިވަނީ ހެންވޭރު ދަނޑުގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ.

ޖުމްލަ 73 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުން މި އިންތިޚާބުގައި ހޮވާއިރު، ވޯޓުލުމުގެ ހައްގު ލިބޭ 71،597 މީހުން ތިބިކަމަަށް ޕީޕީއެމުން ވަނީ ހާމަކޮށްފަ އެވެ.

ޖުމްލަ 227 ވޯޓު ފޮށި ބަހައްޓައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު، މި ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރެ އެވެ.

ޕްރައިމަރީ އަކާ ނުލައި 13 މީހަކަށް އެ ކޯލިޝަންގެ ޓިކެޓު އޮތީ ކަށަވަރު ވެފަ އެވެ. މި 13 މީހުންނަށް ޓިކެޓު ކަށަވަރުވީ އެ މީހުން ކުރިމަތިލީ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: