ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޓާޓޯގެ ސީއީއޯގެ މަގާމަށް ސޫޒަން

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމަށް އައިމިނަތު ސޫޒަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ)ގެ ސީއީއޯ އަކަށް އާމިނަތު ސޫޒަން ހަމަޖައްސައިފި އެވެ.

މާޓާޓޯއިން މިކަން ހާމަކޮށްފައިވަނީ ސޫޒަންއަށް މަރުހަބާ ކިޔުމަށް މިއަދު އާއްމުކުރި ނޫސްބަޔާނެއްގަ އެވެ. ނޫސްބަޔާނުގައި ވާގޮތުން، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

އިނގިރޭސިވިލާތުގެ ކަމްބްރިއާ ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހާސިލްކުރައްވާފައިވާ ސޫޒަން ވަނީ މަޓާޓޯގެ ސީއީއޯކަމަށް އައްޔަނުކުރުމުގެ ކުރިން ވެސް ބޮޑެތި މަގާމުތައް ފުރުއްވާ، ކާމިޔާބީތައް ހޯއްދަވާފަ އެވެ. އެގޮތުން ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމާއި، ބޭންކިންގެ ދާއިރާގައި އެޗްއެސްބީސީ މޯލްޑިވްސްގައި ހަތް އަހަރު ހިދުމަތް ކުރެއްވިއެވެ. ސޫޒަން އަކީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ އެންމެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑު މެމްބަރު ވެސްމެއެވެ.

މީގެ އިތުރުން އޭނާ އަކީ ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާޒް (އެންއެފްއެމްއީ)ގެ އެގްޒެކެޓިވް ބޯޑު މެމްބަރެއް ވެސްމެއެވެ. އަދި އެކި ގައުމުތަކުގައި ރާއްޖެ ތަމްސީލް ކުރައްވާފައިވެއެވެ. އަދި އޭނާގެ ހިދުމަތްތަކުގެ އަގު ވަޒަންކޮށް ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ ފަރާތުން އޭނާއަށް 2019 ގައި އެވޯޑު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: