ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ރައިސް ނިންމަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަމާއެކު، އަލުން ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތަޢާރަފުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އެގޮތުން ’މެޑިވެކް‘ އާއި ’ސަރޗް އެންޑް ރެސްކިއު‘ ގެ ޚިދުމަތްތައް ލާޒިމުކޮށް، 2 އިންޖީނުލީ ހެލިކޮޕްޓަރ ބޭނުންކޮށްގެން، ހެލިކޮޕްޓަރ އޮޕަރޭޝަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ. އަދި މި ޚިދުމަތް ނޫން އެހެން އާންމު ދަތުރުތައް ކުރަންވާނީ ހުއްދަ ދީފައިވާ ހެލިޕޯޓަކުން ކަމުގައި އެމަނިކުފާނު ކަނޑައެޅުއްވިއެވެ.

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސެވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި، އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަންޖެހޭކަމަށް ފާހަގަކުރެވޭނަމަ، އެކަމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.

އަދިވެސް މި ނިންމުމާ ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮނިގަނޑު އިޞްލާޙުކޮށް، އިންޑަސްޓްރީން ފަންނީ ޤާބިލު މީހުން އެކަމަށް ޝައުޤުވެރިކަން އުފައްދަވައި އެފަދަ މީހުން މި ދާއިރާގައި ދެމެހެއްޓުމަށް އެކަށީގެންވާ އެކަން ކުރެވޭވަރުގެ މުސާރައިގެ އޮނިގަނޑެއް އެކުލަވައިލަންވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ.

ވަރަށް ގަދަ
47%ވަރަށް ގަދަ 38%ވަރަށް ގަޔާވޭ 3%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 3%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޑޮކްޓަރ މުއިއްޒު ގެ ކެބިނެޓްގައި މިވަގުތު އެތިއްބެވީ ގާބިލް ބޭފުޅުން މަޖިލީހުގެ ރުހުން ނުދިން ނަމަވެސް އެ މިނިސްޓަރުންނާއި އެކު ކުރިއަށް ވަޑައިގެން ގައުމުގެ ކަންތައްތައް ކުރެވިދާނެއެވެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: