ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހް އަކީ އިސްލާމީ ކަންކަން ބަލިކަށިކޮށްލަން މަސައްކަތްކުރެއްވި ވެރިއެއް: ޑރ. ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހު ވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސަތްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް އިބްރާހިމް މުހައެްމަދު ސާލިޙް ނޫނީ ރާއްޖެ ދެކެފައި ނުވާ ކަމަށް ޑރ. ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެއެވެ. 

ޑރ.ޝަހީމް އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި މިފަދައިން ވިދާޅުވެފައި ވާއިރު މަޖިލީހުން ވަނީ ޑރ. ޝަހީމްއަށް ރުހުން ނުދޭން ނިންމާފައެވެ. ޝަހީމް އަށް ރުހުން ނުދޭން ފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެމްބަރުން. ވަކި ގޮތަކަށް ވޯޓު ނުދެއްވާ 8 މެމްބަރުން ތިއްބެވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް އެހުމުގެ މަސައްކަތަށް ސަރުކާރަށް ތާއިދުކުރާ މެމްބަރުން ވަނީ ހުރަސް އަޅާފައެވެ. އެ ގޮތަށް ހުރަސްއަޅާފައިވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ނިންމުމާއި ގުޅިގެންނެވެ. އެހެން ނަމަވެސް މަޖިލިހުގެ ޖަލްސާ އަލުން ފަށައި ވޯޓުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދިނުމުގެ މައްސަލާގައި އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ މެދުގައި ހަމަނުޖެހުން އުފެދި، މާރާމާރީ ހިންގާފައިވެއެވެ. މާރާމާރީ ބޮޑަށް ހިންގީ އެއް ބަޔަކު، އަނެއް ބަޔަކު މަޖިލިހުގެ ރިޔާސަތުގެ މޭޒުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: