ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުންނުދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނިކޮށް އަލުން މަގާމަށް އައްޔަނު ކުރައްވައިފިއެވެ.
ރުހުން ނުދޭން މަޖިޅިހުން ފާސްކޮށްފައި ވީނަމަވެސް އަލުން އެބޭފުޅުން ވަނީ މަގާމަށް އައްޔަނު ކުރައްވާފައެވެ. އުޝާމަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 44 މެމްބަރުން އެގޮތަށް ވޯޓު ދެއްވައިގެންނެވެ. އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ.
ޑރ. ޝަހީމަށް ރުހުންދޭން ފެންނަ ކަމަށް 30 މެމްބަރަކު ވޯތު ދެއްވިއރު، 31 މެމްބަރުން ވަނީ ރުހުން ނުދޭން ވޯޓު ދެއްވާފައެވެ. ޑރ. ހައިދަރަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރެކެވެ. ރުހުން ނުދޭން 46 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
19 މިނިސްޓަރަކަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުންދޭން ފާސްކޮށްފައެވެ.

