ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުން ބިނާކޮށް ފަންނިއްޔާތުގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ފުރުސަތު ހޯދައިދޭނަން: އަސްވާޑު

ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާ އެއްގޮތަށް ފަންނުވެރި ޤާބިލް ޒުވާނުން ބިނާކޮށް ފަންނިއްޔާތުގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ފުރުސަތު ހޯދައިދޭނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޔޫތު “ހެކަތަން” އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައަކީ ދިވެހި ޒުވާނުން ކަމަށެވެ. މިއަދު ދިވެހި ޒުވާނުންނާއި ނުލައި އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭ ވަރަށް ޒުވާނުން ވަނީ ލީޑު ހޯދާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

15 އަހަރާއި 35 އަހަރާ އެއީ ރަސްމީ އުމުރުކަމަށް ބެލި ނަމަވެސް އަދި އޭގެ ދަށަށް 35 އިންސައްތައަށް ވުރެ ބޮޑު އިންސައްތައެއް ދިވެހިރާއްޖެއިން ޒުވާނުން ދަނީ ޓޭކްއޯވަރ ކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށާއި، ދިވެހި ޒުވާނުން ބޭނުންވާ ކަންކަން އެނގެން ޖެހޭކަން ފާހަގަކޮށް އަސްވާޑު ވިދާޅުވީ ޒުވާނުން ކަންކަމަށް ހުށަހަޅާ ހައްލުތަކަށް ފަރުވާއެއް ހޯދުމަކީ މިއަދު ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަމަށެވެ. އަދި ތަފާތު އިދާރާތަކުން ޒުވާނުން ބިނާ ކުރުމަކީ ގައުމުގެ ތަރައްގީއަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމެންޓެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އުފެއްދުންތެރި، ހުނަރުވެރި، ގާބިލް އަދި ފުދުންތެރި ޒުވާނުންތަކެއް ބިނާ ކުރެވިގެން ދިއުމަކީ މުޅިގައުމަށް ލިބިގެން ދާނެ އަގު ހުރި ހަޒާނާއެއް ކަމަށެވެ. އެހެންކަމުން ޒުވާނުން އެކި ދާއިރާތަކުން ތަމްރީނު ކޮށް ވަޒީފާގެ ބަޒާރަށް އަހުލުވެރިކޮށް ގައުމީ ފެންވަރުގައި އަދި ބައިނަލްއަގްވާމީ ފެންވަރުގެ ފުރުސަތުތަށް ތަނަވަސްކޮށް ދިނުމަކީ ވެސް ކޮންމެ ހެން ކުރަންޖެހެފައިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަސްވާޑް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޒުވާނުންނަށް ބޭނުންވާ ހައްލުތަށް، ދިމާވެފައިވާ މައްސަލަތަށް ހޯއްދަވައިފައިވާ ކަމަށެވެ. އަދި ޒުވާނުން ފަންނިއްޔާތުގެ ދާއިރާއިން ކުރިއެރުވުމުގެ ގޮތުން ރައީސްގެ ދެ ސިޔާސަތެއް ކަމަށްވާ ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިޔަށް ދިޔުމަށް ބޭނުންވާ ހުނަރު ތަރައްޤީކޮށްދީ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި ފަންނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ޤައުމީ ހަރަކާތެއް ހިންގުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: