ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ނިޔަތުގައި ޝަމީމަށް ދިން ހަމަލާ ކުށްވެރި ކުރަން، އެ ޖާގަ ދެވިގެން ނުވާނެ: ރައީސް ސޯލިހު

ރައީސް ސޯލިހު: މީގެ ކުރިން އެމްޑީޕީއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: އަހުމަދު ޝުރާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓިކް ވެއްޓެއްގައި ސިޔާސީ ގޮތުން ދޭ އެއްވެސް ހަމަލާތަކަށް ޖާގައެއް ނޯންނާނެކަމަށް ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު މިއަދުގެ ހެނދުނު ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ރައީސް ސޯލިހު ވިދާޅުވީ އެ ހަމަލާ ކުށްވެރި ކުރާކަމަށެވެ.

މިއީ ސިޔާސީ މަގުސަދެއްގައި އިން ހަމަލާއެއްކަމަށް ތުހުމަތު ކުރައްވައި ޝަމީމް ވިދާޅުވީ އެފަދަ އަމަލުތަކަށް ޑިމޮކްރެޓިކް ވެށިތަކުގައި ޖާގައެއް ނޯންނާނެ ކަމަށެވެ.

މި ހަމަލާ ދިން މީހުން ވީހާވެސް އަވަހަށް ހޯދައި، ފިޔަވަޅު އެޅުމަށް ރައީސް ސޯލިހު ވަނީ ގޮވާލައްވާފަ އެވެ. އެމަނިކުފާނު ސަރުކާރުން އެކަމުގައި ސީރިއަސްކަމެއް ގެންގުޅުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ޝަމީމަށް ދިން ހަމަލާގެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

މީޑިއާތަކަށް ފުލުހުން ބުނީ ހަމަލާ ދީފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ނޫން ކަމަށެވެ. އަދި ސީރިއަސް ޒަހަމްތަކެއް ލިބިފައި ނުވާކަމަށް ވެސް މައުލޫމާތު ދިނެވެ.

ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލަށް މިފަދަ ހަމަލާއެއް ދިނުމަކީ، އެއީ ސީރިއަސްކަމެއްކަމަށް ފާހަގަކޮށް އާންމުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އެމްޑީޕީން ވެސް ބަޔާނެއް އާންމުކޮށް ބުނެފައި ވަނީ، މާރާމާރީތަކާއި މީހުންނަށް ދުވާލުގެ ވަގުތުތަކުގައި ހަމަލާތައް ދޭން ފެށުމުން ގައުމުގެ ހާލަތު ގޮސްފައިވާ ހިސާބު ސާފުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: