ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމަށް ހަމަލާ ދިން މީހުން ހޯދައި، ފިޔަވަޅު އެޅުމުގެ ގާބިލުކަން ފުލުހުންގެ ހުންނާނެ: ހަމީދު

ކުރީގެ ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ބައިވެރިވި ޕްރެސްއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުންނަށް ހަމަލާ ދީ، މާރާމާރީ ހިންގާކަމުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ފިޔަވަޅު އެޅުމުގެ އެންމެ ފުރިހަމަ ގާބިލުކަން ދިވެހި ފުލުހުންގެ ހުންނާނެކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލަ ސީރިއަސް ސިފައެއްގައި ތަހުގީގު ކުރުމަށް އާންމުން ދަނީ ގޮވާލަމުންނެވެ. މި މައްސަލައިގައި ސިޔާސީ ޕާޓީތަކުން ބަޔާންތައް އާންމު ކުރަމުން ގެންދާއިރު އެ ޕާޓީތަކުން ތުހުމަތު ކުރާ ގޮތުގައި ހަމަލާގެ ފަހަތުގައި ވަނީ ސިޔާސީ މަގްސަދެކެވެ.

ތަހުގީގު ކުރިޔަށް ގެންދާ ގޮތް ބަލައި، އަވަސް ފިޔަވަޅު އަޅާތޯ މަޖިލީހުން އެކަމަށް ފާރަވެރިވުމަށް ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ މަޖިލީހުގެ ކޮމިޓީއަށް މައްސަލަ ވެސް ހުށަހަޅުއްވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފުލުސް ކޮމިޝަނަރަކަށް ހުންނެވި ހަމީދު ވިދާޅުވީ ޝަމީމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ މައި އެއް މުވައްސަސާގެ ލީޑަރެއް ކަމަށެވެ. އެހެންކަމުން އެއީ ސީރިއަސް މައްސަލައެއްކަމަށާއި، އެ ހަމަލާ އާއި އެފަދަ އެ ނޫން ވެސް ހަމަލާތައް ދޭ މީހުން ހޯދައި ފިޔަވަޅު އެޅުމުގެ ބާރާއި ގާބިލުކަން ފުލުހުންގެ ހުންނާނެކަމަށް ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ ހަމަލާގެ ތަހުގީގު ރަނގަޅު ގޮތުގައި ކުރިޔަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު ފުލުހުންނަށް އެބައޮތް ކަމަށެވެ.

މިއަދު ޝަމީމަށް ދިން ހަމަލާގެ މާބޮޑު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ދިން ހަމައެކަނި ތަފްސީލުގައި ބުނީ އެ ހަމަލާ ދީފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 40%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: