ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޑިކަލް ޑްރޯންގެ މަސައްކަތްތައް އެމްޑީޕީއިންވާނީ ނިންމާފައި: ގަސަމް

އެފްއެފްއެމްގެ ކުރީގެ އެމްޑީ ގަސަމް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މެޑިކަލް ޑްރޯންގެ ހިދުމަތްތައް ދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެމްޑީޕީގެ ސަރުކާރުން ކޮށް ނިންމާފައިވާނެކަމަށް އެފްއެސްއެމްގެ ކުރީގެ އެމްޑީ މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގަސަމްވަނީ ޕީޖީ ޝަމީމަށް ދީފައިވާ ހަމަލާއާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުންކުށްވެރިކުރައްވާކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހުވެސް އެ އަމަލު ކުށްވެރިކުރައްވާ ސޯޝަލްމީޑިއާގައި ޕޯސްޓެއްކުރެއްވުމުން މިހާރު މައްސަލަަތަކެއް ޖެހިފައިވާކަމަށް އޭނާ ސިފަކުރެއްވިއެވެ.

ގަސަމް ވިދާޅުވީ، ރައީސް ސާލިހު އެ އަމަލު ކުށްވެރިކޮށް ކުރެއްވި ޕޯސްޓާއި ގުޅިގެން އެމަނިކުފާނުގެ ބޮލުގައި އިލްޒާމްތައް އެޅުވުމުގެ ބަދަލުގައި މާ ގިނަ ބަހަނާތައް ނުދައްކައި އަމަލު ހިންގި މީހުން ދެނެގަނެ ފިޔަވަޅު އެޅުމަށް ރާއްޖޭގެ ކަމާއި ބެހޭ މުއައްސަސާތަކަށް ގޮވާލައްވާކަމަށް ފާހަގަކުރެއްވިއެވެ.

ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތްތައް މިހާރު ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށް ސަރުކާރުން ބުނަމުންދާކަމަށް އިޝާރާތްކުރައްވާ ގަސަމްވަނީ ސްޕީޑު ކުއްލި ގޮތަކަށް ބާރުވި ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ.

އޭނާ ވިދާޅުވީ، ސްޕީޑު ބާރުވެފައިވަނީ އެތަނުގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުންތޯ ސުވާލު ކުރެއްވިކަަމަށެވެ. އޭނާ ވިދާޅުވީ، އެމީހުން މަސައްކަތްތަކަށް ހުރަސް އަޅަމުންދަނިކޮށް ބޭލުމުން ލިބިފައިވާ ކުރިއެރުމެއްތޯވެސް ސުވާލު ކުރެއްވިކަމަށެވެ.

ގަސަމް ވިދާޅުވީ، ޖެހިގެން އައި ދުވަހު ފެނިގެންއައީ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށަށް ބޭސް ފޯރުވުން ފަދަ ބައެއް މަސައްކަތްތަކުގައި މެޑިކަލް ޑްރޯން ބޭނުންކުރުމުގެ ހިޔާލުކުރާ ވާހަކަކަމަށާއި ފެނުނީވެސް ސަރުކާރުގެ ރަސްމީ ޕްލެޓުފޯމެއްގައިކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި އިންޑިއާއަށް ކުރެއްވި ދަތުރެއްގައި ދިވެއްސަކު ރާއްޖޭގައި އަދިވެެސް ދެވެން ހުރި  ބައެއް ހިދުމަތްތަކާއި ގުޅޭގޮތުން އޭނާއާއި މައުލޫމާތު ހިއްސާކުރެއްވިކަމަށެވެ. އަދި ސަރުކާރުން އެ މަސައްކަތްތައް ކުރަން އުޅެ ނާކާމިޔާބުވެފައިވާކަންވެސް އެނގިގެންދިޔަކަމަށް ވިދާޅުވިއެވެ.

“ނަސީމްގެ ރިޕްލައިއިން އަޅުގަނޑަށް އެނގިއްޖެ، މީ އަދި ރަނގަޅަކަށް ނޫންކަން މިދަނީ މިއުޅެނީ އަޅުގަނޑުމެންގެ ސަރުކާރުގައި ކޮށްފައި އޮތް މަަސައްކަތެއްގެ ފޮނިކޮޅު ބޯލަންކަން” އެފްއެސްއެމްގެ ކުރީގެ އެމްޑީ ގަސަމް

އޭނާ ވިދާޅުވީ، އެ ހަބަރާއިއެކު ކުރީގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމުއަށް މެސެޖުކުރައްވާ ފާޑުވިދާޅުވިކަަމަށެވެ. އެހެންނަމަވެސް މިނިސްޓަރު ނަސީމު ދެއްވި ޖަވާބުން އަދި މިހާރުގެ ސަރުކާރުން ކުރަމުންދަނީ މުޅިން އެހެން މަސައްކަތެއްކަން ސާފުވެގެންދިޔަކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ކުރަމުންދަނީ އެމްޑީޕީގެ މަސައްކަތުގެ ފޮނިކޮޅު ބޯލުމުގެ މަސައްކަތްކަމަށެވެ.

ގަސަމް ވިދާޅުވީ، ކަމާއި ގުޅުން ހުރި މީހުންނާއި ފޯނު ކޯލް މެދުވެރިކޮށް މަޝްވަރާތައްކޮށާް މައުލޫމާތު ސާފުކުރެއްވިަކަމަށާއި ބެއްލެވިއިރު، އެ ޕްރޮޖެކްޓަރީ ރައީސް ސާލިހުގެ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކެއްކަން އެނގިގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، އޭރު ސަރުކާރުންވަނީ ޑްރޯންތައްވެސް ގެނެސްފައިކަމަށާއި ހަަމައެކަނި ކުރަން އޮތީ އަމަލީ ގޮތުން ފެށުމުގެ ރަސްމިއްޔާތު ބޭއްވުމުގެ މަސައްކަތްތައްކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: