ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޝާމް އަވަހާރަވުމަކީ ގާނޫނީ ހިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް: ރައީސް

ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް. -- ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ވިޝާމަކީ ހިދުމަތްތެރި، ޒުވާން ތައުލީމީ ދަރިއެއްކަމަށާއި އޭނާ އަަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ހިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްުޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ވިޝާމަކީ، ވަރަށް ހިދުމަތްތެރި ޒުވާން ގާބިލު ހުނަރުވެރި ގާނޫނީ ވަކީލެއް ކަމަށެވެ.

މި ހިތާމައިގެ ވަގުތުގައި ވިޝާމްގެ އާއިލާއަށާއި، ބާ ކައުންސިލްހެ ހުރިހާ ވަކީލުންނަށް އިހުލާސްތެރިކަމާއި އެކު ތައުޒިޔާ ދައްނަވާކަމަށް ރައީސް ވިދާޅުވި އެވެ.

އުމުރުން 39 އަހަރުގެ ވިޝާމް ކުއްލި ގޮތަކަށް، ނިޔާވިއިރު އޭގެ ސަބަބެއް ސާފެއް ނޫނެވެ. ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި، އޭނާގެ ހަބަރެއް ނުވެގެން ބެލިއިރު ފެނިފައި ވަނީ ގޭތެރޭގައި ވެއްޓިފައި އޮއްވަ އެވެ.

އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާފައިވާ ވިޝާމަކީ، ވަކީލުންގެ އިހުތިރާމާއި ގަދަރު ލިބިފައިވާ ފަރާތެކެވެ. ރާއްޖޭގެ ގާނޫނީ ބޮޑެތި އެކި މައްސަލަތަކުގައި ވިޝާމް ވަކާލާތު ކުރައްވާފައިވާއިރު ޒުވާން އުމުރުގައި އޭނާ ވަނީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފަ އެވެ.

ވިޝާމަކީ 2008 ވަނަ އަހަރު މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން މާސްޓަސް ހާސިލު ކުރެއްވުމަށް ފަހު ގާނޫނީ މަސައްކަތް ކުރައްވަމުން އައި ބޭފުޅެކެވެ. އެއާއި އެކު އޭނާއަކީ ޗާޓަޑް އިންސްޓިޓުޓް އޮފް އާބިޓްރޭޓާސް އެސޯސިއޭޓް މެމްބަރެކެވެ.

ވިޝާމް ވަނީ ބިޒްނަސް އާއި، ކޮމާޝަލް ލޯ ފުރިހަމަ ކުރަމުން ގެންދާ ދަރިވަރުންނަށް ޕާޓްޓައިމްކޮށް ލެކްޗަރާއެއްގެ ގޮތުގައި ވަޑައިގެންފަ އެވެ.

މީގެއިތުރުން ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އެ އޮފީހުގެ ނައިބެއްގެ ގޮތުގައި އާއި، ބާކައުންސިލްގެ ރައީސްގެ ގޮތުގައި ހުންނަވައި ވިޝާމް އިންގިލާބީ ބައްދަލުތަކެއް ގެންނެވި ކަމަށެވެ. އަދި އޭނާގެ ކިބައިން ކޮންމެ މީހަކަށް ވެސް އެންމެ ފާހަގަކުރެވޭ ސިފައަކީ ލީޑާޝިޕްކަމަށާއި، އޭނާއަކީ އަބަދުވެސް އެންމެނާއި ވެސް ގާތްކަން ބޭއްވި ފަރާތެއް ކަމަށެވެ.

މީގެއިތުރުން ކުރީގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުން ވެސް ވަނީ ވިޝާމްގެ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: