ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގެއް ހިންގަން ހޯމް މިނިސްޓަރަށް ފުލުހުންނަށް އަމުރު ކުރެވޭނެ ކަމާމެދު ރައީސް ސޯލިހް ސުވާލު އުފައްދަވައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ހޯމް މިނިސްޓަރު އަލީ އިހުސާން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމްމިނިސްޓަރަށް ފުލުހުންނަށް ތަހުގީގެއް ހިންގަން އަމުރު ކުރެވޭނެ ކަމާމެދު އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސުވާލު އުފައްދަވައިފިއެވެ.

ފުލުހުންގެ ގާނޫނު މިހާރު އޮންނަ ގޮތުން އެކަމާމެދު ސުވާލު އުފެދޭ ކަމަށް ރައިސް ސާލިޙް ވިދާޅުވިއެވެ. އަދި އެކަމަކީ މުޅިން ރަނގަޅަށް ކުރައްވާފައިވާ ކަމެއް ނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޕީޖީ ޝަމީމް އަށް ދިން ހަމަލާއާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓުގެ މާނަ ވަނީ އޮޅުވާލައިގެން ނަގައިފައި ކަމަށް ކުރީގެ ރައީސް ސާލިޙް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލާގައި ކުރެއްވި ޓްވީޓުގައި ބޭނުންފުޅުވާ ވާހަކަތަށް ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިޙް ވިދާޅުވީ ޓްވީޓޫގައި ފާހަގަކުރައްވާފައި ވަނީ ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ ޕޮލިޓިކަލީ މޯޓިވޭޓޭޑް އެއްޗެއް ނޫން ކަމަށެވެ. ސިޔާސީ ވިސްނުމުގައި ހިނގާ ކަންކަން ހުއްޓުވުމަށް ވީހާވެސް ބޮޑަށް މަސައްކަތް ކުރުމަށް ގޯވާލައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވިދާޅުވީ އެމައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް ނިންމުމަށް ވިޑާޅުވެފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެއްވެސް ސުވާލެއް ފުލުހުންގެ ފަރާތުން ކޮށްފައި ނުވާކަމަށް ކުރީގެ ރައީސް ސާލިޙް ވިދާޅުވިއެވެ. އަދި ވިދާޅުވެފައިވަނީ އެ މައްސަލަ އާއި ގުޅިގެން ދޭން ޖެހޭ ހުރިހާ މައުލޫމާތެއް ސުވާލު ކޮށްފިނަމަ ދެއްވާނެ ކަމަށެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދިނީ ހެނދުނުގެ ވަގުތެއްގައި، ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ތަހުގީގު ކުރަމުން ދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުއްވާފައިވާކަން ފާހަގަކުރެވެއެވެ. އެއީ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށައެޅުއްވި މައްސަލައެކެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އެޑްރައިސް ކުރައްވައި ފޮނުވި ސިޓީގައި ވަނީ ޝަމީމަށް ދީފައި ވަނީ ނުރައްކާތެރި ހަމަލާއެއްކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގު ކުރޭތޯ އާއި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަހުގީގި ނިންމާކަން ކަށަވަރު ކުރަން ޖެހޭކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: