ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމެރީގައި ވާދަކުކޮށް ޖިލިހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އާއި މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ކާމިޔާބުކޮށްފި އެވެ.
މިއަދު ކުރިޔަށް ގެންދިޔަ މަޖިލިސް ޕްރައިމެރީގައި ފިރުޝާން ވާދަކުރީ، ހުޅުމާލެ ދެކުނު ދާއިރާއަށެވެ.
ދާއިރާގެ ނަތީޖާތައް ދައްކާގޮތުގައި ފިރުޝާނަށް 74 ވޯޓު ވަނީ ލިބިފަ އެވެ. އަދި ޕްރައިމެރީގައި ވަދަކުރި ހަސަން އަގީލަށް 27 ވޯޓު އަދި މުހައްމަދު ފައިސަލްއަށް 26 ވޯޓު ލިބިފައި ވެއެވެ.
ދާދިފަހުން މާލޭގެ މޭޔަރުކަމަށް ވެސް ކުރިމަތިލި، ސައިފް މަޖިލީހުގައި ވާދަކުރަނީ ހެންވޭރު ދެކުނު ދާއިރައަށެވެ. އޭނާއަށް ވޯޓުލީ މީހުންގެ ތެރެއުބް 15 ވޯޓު ލިބިވަޑައިގަތެވެ. އަދި އަހުމަދު އަވްޝަން ނުއުމާނަށް ލިބިފައި ވަނީ 12 ވޯޓެވެ.

