ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވާދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވާ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބަޮއިކޮޓް ކުރަން އެމްޑީޕީން ނިންމައިފިއެވެ.
މާދަމާ ހެނދުނުގެ 09:00 ގައި ފެށުމަށް ހަމަޖެހިފައިވާ ޖަލްސާ، އޮންނާނީ މަޖިލިސް އިދާރާގަ އެވެ. އަދި ރައީސް މުއިއްޒު ޖަލްސާއަށް ހެނދުނުގެ 08:45 އަށް ވަޑައިގަންނަވާނެ އެވެ.
ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމައި އެ ޕާޓީގެ ޕާލިމަންޓު ގުރޫޕުން ވަނީ މީޑިއާތަކަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އައު އަހަރަށް މަޖިލިސް ހުޅުވައި އިއްވާ ރިޔާސީ ބަޔާނަކީ ރައީސުލްޖުމްހޫރިއްޔާ ގައުމުގެ ހާލަތާއި މެދު ގެންގުޅުއްވާ ވިސްނުމާއި ގައުމު ހިންގުމުގައި އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު އަދި ލަނޑުދަނޑިތަކާއި އަމާޒުތައް ރައްޔިތުންނާއި ހިއްސާ ކުރާ ބަޔާނެވެ.
މި ބަޔާނުގައި ސިޔާސީ ގޮތުން ގައުމަށް ހަމެޖެހުން ގެނައުމާއި، ގައުމުގެ އިގްތިސާދު އަދި ގައުމުގެ ކުރިމަގާއި ގުޅޭގޮތުން ރައީސް ވާހަކަ ދައްކަވާނެ އެވެ.
ތަފްސީލު އަންނަނީ…

