ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ދާއިރާ ހިނގަމުން ދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

17 ނޮވެމްބަރު 2023ގެ ފަހުން ޝަރުއީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާދެއްވައި ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ދައުލަތް ހިންގުމުގެ ދެބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހާ، ޝަރުއީ ދާއިރާއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެމުން ގެންދާނެކަމުގެ ޔަގީންކަން ދެއްވަވާ ކަމަށެވެ. ޝަރުއީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ގާނޫނީ ހުވައިކުރުމަށްފަހު، ގައުމާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި އެދުވަހުން ފެށިގެން، ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީކަމުގައި ވާނީ ދަންނަވާފައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ހިފަހައްޓަވާނީ އެ އުސޫލުކަމުގައި ރައީސް ވިދާޅުވިއެވެ. ބަދަލުހިފުމުގެ ރޫހު  ނުގެންގުޅޭނެކަމަށްވީ ވައުދާއި އެއްގޮތަށް ވަޑައިގަންނަވާނީ ކުރިއަށާއި ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ ކުރައްވާނެ ކަމެއްނޫންކަމުގައި ރައީސް ވިދާޅުވިއެވެ.

ޤައުމަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޤާނޫނުގެ ވެރިކަން ކަށަވަރުކުރައްވާނެ ކަމަށެވެ. އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރައްވާނެ ކަމަށް ރައިސް ވިދާޅުވިއެވެ. އަދި ހަމައެއާއިއެކު، ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިވަޑައިގެންފައިވާނަމަ ވަގުތުން ފިޔަވަޅުވެސް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: