ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ އެކުލެވިގެންވާގޮތަށް ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހަޅާނަން: ރައީސް

ރައީސް މުއިއްޒު "ގަޟައީ އަހަރު 2024" އިފްތިތާހުކޮށްދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުސަތު ހަނިކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތަށް ޤާނޫނީގޮތުން ގެންނަން ޖެހޭ ބަދަލު ގެނައުމަށް ވައުދުވެ ވަޑައިގެނެވި ފަދައިން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަށްޓަކައި ހުށަހަޅާ ބިލުގެ އިތުރުން މި ފެށޭ މަޖިލީހުގެ ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކުރާ ބައެއް ބިލް ތަކުގެ ތެރޭގައި ކަފާލާތުގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުމަށް ބޭނުންވާ ބިލާއި، ޕްރިވެންޓިވް ހެލްތް ކެއަރ ބިލާއި، ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބިލް އަދި ގެދޮރުވެރިކަމުގެ މިންގަނޑުތަކާބެހޭ ބިލް ހިމާނާފައިވާ ކަމަށެވެ.

ޓްރެވެލް އެޖެންސީއާބެހޭ ބިލާއި ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލާއި އަރބަން ޕްލޭނިންގއާ ބެހޭ ބިލް އަދި އަރބަން ޑިވެލޮޕްމަންޓާއި ބެހޭ ބިލް ވެސް ހުށައަޅާނެ ކަަމަށް ރައީސް ވިދާޅުވިއެވެ. ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑްއާ ބެހޭ ބިލާއި ލޭންޑް ރީއެޖެސްމަންޓާބެހޭ ބިލާއި ފްރީހޯލްޑް އަދި ލީސްހޯލްޑް އުސޫލުން ބިން ހޯދާ ލިބިގަތުމާބެހޭ ބިލުވެސް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮޕީރައިޓާއިގުޅޭ ހައްގުތަކުގެ ޤާނޫނު އިސްލާހުކުރުމަށް ބިލަކާއި ކޮންވޭޔަންސިން އާއި ބެހޭ ބައިތައް ހިމަނައިގެން ބިމާބެހޭ ޤާނޫނު އިސްލާހުކުރުމަށް ބިލެއް ހުށަހަޅަން ގަސްދުކުރައްވާ ކަމަށެވެ. އަދި މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު އިސްލާހުކުރުމުގެ ބިލު އަވަހަށް ފާސްކޮށްދެއްވުމަށް މަޖްލީހުގައި ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: