ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު އިއްވީ މިހާތަނަށް އިވުނު އެންމެ ދޯހަޅި ބަޔާން: ޑރ ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނަކީ މިހާތަނަށް އިއްވާފައިވާ އެންމެ ދޯހަޅި ބަޔާންކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގެ ފޮޓޯއެއް އެކްސްގައި ހިއްސާކުރައްވާ ޖަމީލުވަނީ އެމަނިކުފާނަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނަކީ މިހާތަނަށް އިއްވާފައިވާ އެންމެ ދޯހަޅި ބަޔާންކަމަށާއި އެއީ ދެކޮޅުވެސް ޖެހޭ ބަޔާނެއް ނޫންކަމަށް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ، ރައީސް މުއިއްޒު ދެއްކެވީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށާއި އެމަނިކުފާނު ގެންދެވީ ވާހަކަތައް ތަކުރާރުކުރައްވަމުންކަަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދުވަހަކުވެސް ފެނިފައިނުވާފަދަ ހަރުކަށިކަމެއް ރައީސް މުއިއްޒުގެ ކިބައިން ފެނިފައިވާކަމަށާއި އެމަނިކުފާނު ބަޔާން ދެއްވީ ހުސް ގޮނޑިތަކަކަށްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު މޮޅުވީ އެމްޑީޕީކަމަށެވެ.

ޖަމީލުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް ލަސްވެފައިވާކަމުގެ މައްޗަށްވެސް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތް ލަސްވުމަކީ ދެވޭ އަނިޔާއެއްކަމަށާއި އެހެންކަމުން ރިޔާސީ ބަޔާން އިއްވާ މުހިންމު ދުވަހުގައި ޝަރީއަތް ހުއްޓިފައިވާކަން ހަނދާންކޮށްދެއްވާކަމަށް ވިދާޅުވިއެވެ

ޖަމީލު ވިދާޅުވީ، ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށް އިލްތިމާސްކުރައްވާކަމަށާއި މިއަދު ރައީސް މުއިއްޒުއަށް އެކަން ކުރެއްވުމުގެ މަގުފަހިވެފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 3%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިޔަދު މުއިއްޒު ތިޔަ ހަދަމުންދާ ދޮގުތަށް ދުވަހްކުވެސް ހަނދާނަކުން ނުފިލާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: