ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ކުރިމަތީގައި ފެއިލްވެފައިވާ މީހުންނަށް ރައްދު ދިނުމަކީ ބުއްދިވެރިކަމެއް ނޫން: އަބްދުއްރަހީމް

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން އެއްވެސް ހައިސިއްޔަތެއް ނެތް، ނުވަތަ ސިޔާސި ގޮތުން ފެއިލްވެ ރައްޔިތުންގެ ކުރިމައްޗަށް ނިކުތުމުން ރައްޔިތުން ބަލައިނުގަންނަ މީހުން ދައްކަވާ ވާހަކައަށް ރައްދު ދިނުމަކީ ބުއްދިވެރި ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ތ. އަތޮޅުގެ ރަށް ތަކުގެތެރެއިން ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި ފެއިލްވެފައިވާ ބަޔަކަށް ރައްދު ދިނުމަށްވުރެ މުހިންމީ ރައްޔިތުންގެ ހައްގުގަ އާއި ގައުމުގެ ހައްގުގައި މަސައްކަތް ކުރުން ކަމަށެވެ. ވާދަވެރިން ކިޔާ ފާޑުކިޔުން ތަކަށް ތިއްބެވީ އެއްޗެއް ބުންނަން ނޭންގިފައި ނޫން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސްގެ އެންމެ ފުރަތަމަ ދެއްވި ތަގުރީރުން ވެސް އެނގިގެން ދަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓާނެ ކަމުގެ ޔަގީންކަމެވެ. އަދި ވިދާޅުވީ ދިވެހީންގެ މައްޗަށް އެހެންބައެއްގެ ބާރު ހިނގަން ފުރުސަތު އެމަނިކުފާނު ނުދެއްވާނެ ކަމަށެވެ.

އަޅުގަނޑުމެން ފެށި މަސައްކަތެއް އަދި ނުނިމޭ، ދިވެހި ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ދިވެހީންގެ ރާއްޖެއެއް ހޯދުމަށްޓަކައި ދިވެހި ރައްޔިތުން ފެށި މަސައްކަތުގެ އަދި ނިމުނީ 50 އިންސައްތަ. އަދި އިތުރު 50 އިންސައްތަ ކުރިއަށް އެބަ އޮތް

އަބްދުއްރަހީމް ވިދާޅުވީ ދިވެހީންގެ ރާއްޖެ، މަޖިލީހަށް ކުރާ ދަތުރު ކާމިޔާބު ކުރެވުމުން ރައީސް، ރާއްޖެއާއި ދޭތެރޭ ގެންގުޅުއްވާ ތަަސައްވުރު ފަސޭހަ ކަމާއި އެކީ ފުރިހަމަ ކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: