ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންގަނޑު އިތުރުކުރުން މުހިންމު: ތޯރިގު

އެންވައިރޮންމެންޓް މިނިސްޓަރ ތޯރިގު އިބްރާޙިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންވައިރަމެންޓު މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތަކީ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންގަނޑުތައް އިތުރުކުރުންކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މިނިސްޓަރ ތާރިގުވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ތިމާވެށީގެ ދާއިރާއާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ރައީސްގެ ރިޔާސީ ބަޔާނަކީ އުންމީދުން ފުރިފައިވާ ރިޔާސީ ބަޔާނެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެންވައިރަމެންޓު މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން މުހިންމު މަސައްކަތްތަކެއްގެ މައްޗަށް ރައީސްވަނީ އަލިއަޅުއްވާފައިވަކަމަށެވެ

މިނިސްޓަރ ތާރިގު ވިދާޅުވީ، މިވަގުތު ކުރުމަށް އެންމެ މުހިންމުކަމެއްގެ ގޮތުގައި  އެމަނިކުފާނު ފާހަގަކުރެއްވީ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންގަނޑުތައް އިތުރުކުރުމުގެ ވާހަކަ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރައީސް މުއިއްޒުވަނީ ޑުބާގައި ބޭއްވި ކޮޕް28 ބައްދަލުވުމުގައި ރާއްޖޭގައި ބޭނުންކުރާ ކަރަންޓު ވަސީލަތްތަކުގެ 33 އިންސައްތަ އިޔާދަކުރެނިވި ހަކަތަ ބޭނުންކުރާ ތަކެއްޗަށް ހެއްދެވުމަށް ވައުދުވެވަޑައިގެންފައިވަކަމަށެވެ. އަދި މިހާރު އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން ހުރީ 4 އިންސައްތައިގައިކަމަށްވުމުން އެމަނިކުފާނު ޕްލެޖު ކުރެއްވީ އުންމީދީ މަސައްކަތްތަކެއް ކުރެއްވުމަށްކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސްވަނީ އެކަންކަން ކުރައްވާނެ ގޮތާއި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާފައިކަމަށާއި އޭގެ ތެރޭގައި ކަރަންޓު އުފެއްދުމުގެ ގޮތުން ތެޔޮ އެތެރެކުރުމަށް ރާއްޖޭގެ ގީޑީޕީގެ ނިސްބަތުން ބޮޑު އިންސައްތައެއް ހޭދަކުރާ ވާހަކަ ހިމެނޭކަމަށް ވިދާޅުވިއެވެ. އެގޮތުން ޖީޑީޕީގެ ނިސްބަތުން 13 އިންސައްތައިގެ ހަރަދެއް ކުރާއިރު އެއީ 800 މިލިއަން ޑޮލަރާއި ގާތް ކުރާ އަދަދެއްކަމަށް ހިއްސާކުރެއްވިއެވެ.

އެހެންކަމުން ތެޔޮ ގަތުމަށް ބޭރު ފައިސާ ހަރަދުކުރާ ކުރުން މަދުކުރެވިއްޖެ ހާލަތެއްގައި ރާއްޖޭގައި ކުރަން ހުރި އެހެނިހެން ކަންކަމަށް އެކަމުގެ ސަބަބުން ފުރުސަތުތައް ހުޅުވިގެންދާނެކަމަށާއި އެއީ ބޭނުންތެރިކަމެއްކަމަށްވުމުން އެކަމުގެ މުހިންމުކަންވެސް ރައީސްވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމަށް ކުރެއްވުމަށް ކަނޑައެޅުއްވި މަސައްކަތްތަކުގެ ތެރޭގައި އެކަން ހިމެނެނީ އެއީ މުހިންމުކަމަކަށްވާތީކަމަަށާއި ރައްޔިތުންގެ ޖީބަށް ކަރަންޓު ހިދުމަތް ހޯދުމުގެ ބުރަނުކުރުންވެސް އެ މަސައްކަތްތަކުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ މަގުސަދުތައް ހާސިލުކުރުމުގެ ގޮތުން ތައާރަފްކުރެވިފައިވާ މުހިންމު އެއްކަމަކީ “މަގޭ ސޯލާރ” މަޝްރޫޢޫކަމަށާއި އެ މަނިކުފާނުވަނީ ވެރިކަމާއި ހަވާލުވެވަަޑައިގެން ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ފައްޓަވާފައިކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: