ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ދައުރުގައި ރާއްޖެއަށް އެހީގެ ގޮތުގައި 13 ބިލިއަނާއި ގާތް އަދަދެއް ލިބުނު!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި ބޭރު ގައުމުތަކުންނާއި މާލީ ވުޒާރާތަކުންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ޖުމުލަގޮތެއްގައި ދިވެހިރާއްޖެއަށް 13 ބިލިއަން ރުފިޔާއާއި ގާތްކުރާ އަދަދެއް އެހީގެ ގޮތުގައި ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ޝާއިއުކޮށްފައިވާ ބޭރު ގައުމުތަކުންނާއި ޖަމިއްޔާ ޖަަމާއަތްތަކުން ދޭ ފައިސާގެ ތަފްސީލުތަކުން ދައްކާގޮތުން ޖުމުލަގޮތެއްގައި 108 ފަހަރެއްގެ މަތިން އެކި ކަންކަމަށާއި އެކަންކަމުގެ ފިޔަވަހިތަކަށް ބޭނުންވާ ފައިސާ އިންޑިއާ ޗައިނާ އަދި ޖަޕާނު ފަދަ ގައުމުތަކާއި ވޯލްޑް ބެންކް އެޝިއަން ޑިވެލޮޕްމެންޓް ބެންކްގެ އިތުރުން އިންޓަރނޭޝަނަލް ޓްރޭޑް ފައިނޭންސް އޮގަރނައިޒޭޝަން ފަދަ ތަންތަނުން ފޯރުކޮށްދީފައިވެއެވެ. ރާއްޖެއަށް އެކި ކަންކަމުގައި ބޮޑު އަދަދުތަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައި ހިއްސާދާރުންގެ ތެރޭގައި އެމެރިކާވެސް ހިމެނޭއިރު، އޫރަޕިއަން ޔުނިއަނާއި އދ އަދި ޕާކިސްތާނާއި ނެދަލެންޑްސްއިންވެސް ރާއްޖެއަށް އެހީ ދީފައިވެއެވެ.

އެގޮތުން އެ ދައުރުގައި އެންމެ ގިނައިން ރާއްޖެއަށް އެއް ފުރުސަތެއްގައި އެންމެ ގިނަ ފައިސާގެ އެހީ ފޯރުވާފައިވަނީ އިންޑިއާއިން ކަމަށްވާއިރު، އެއީ ގްރޭޓާރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު ހިންގުމަށް ގްރޭޓް އެހީގެ ގޮތުގައި ދީފައިވާ 1.5 ބިލިއަން ރުފިޔާއާއި ގާތް ކުރާ އަދަދެއްކަން ފާހަގަކުރެވެއެވެ. އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓު އެސޯސިއޭޝަންއިން ރާއްޖެއަށް މިދިޔަ ދައުރުގައި ޖުމްލަކޮށް 2 ބިލިއަނަށްވުރެ އިތުރު އަދަދެއް ހޭދަކޮށްފައިވާއިރު، އޭޑީބީވެސް ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ފުރުސަތުތަކުގައި އެކި ދާއިރާތައް ތަރައްގީކުރުމުގެ ގޮތުން ފައިސާ ހަރަދުކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ މަސައްކަތްތައް ހަރުދަނާކުރުމާއި ގްރޭޓާރ މާލެ ސަރަހައްދު ތަރައްގީކުރުން ފަދަ މަސައްކަތްތަކަށް އެކި ފުރުސަތުތަކުގައި 2.5 ބިލިއަނަކަށް ވުރެ އިތުރު އަދަދެއް ފޯރުކޮށްދީފައިވެއެވެ.

ޖަޕާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ދީފައިވާ އެހީއަށް ބަލާއިރު އެކި ފުރުސަތުތަކުގައި 800 މިލިއަނަށްވުރެ އިތުރު އަދަދެއް ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ. ޖަޕާނުން ރާއްޖެއަށް ފަންޑުކޮށްފައިވާ ދާއިރާތަކަށް ބަލާއިރު، މުއާސަލާތީ ދާއިރާ ހަރުދަނާކުރުމާއި އެޗްއާރް ފަދަ އިޖްތިމާއީ ފައިދާތައް ލިބިގެންދާނެ ދާއިރާތައް ވަރުގަދަކުރުމަށް މަސައްކަތްތައް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެމެރިކާއިން ރާއްޖެއަށް ޔޫއެސް އެއިޑް މެދުވެރިކޮށް އެ ގައުމާއި ރާއްޖެ ދެމެދު އެއްބަސްވެފައިވާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެހީވުމުގެ ގޮތުން 800 މިލިއަނާއި ގާތްކުރާ އަދަދެއްގެ މާލީ އެހީ ދީފައިވެއެވެ. އަދި ޗައިނާގެ ސަރުކާރުންވެސް އިގްތިސާދީ އެއްބެސްވުމެއްގެ ދަށުން ރާއްޖެއަށް 800 މިލިއަނަށްވުރެ އިތުރު އަދަދެއްގެ އެހީ ދީފައިވާކަމަށް ފިނޭންސްއިން ހިއްސާކޮށްފައިވެއެވެ.

މޫސުމީ މައްސަލަތަކުގެ ސަބަބުން ފެން ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް އެހީވުމުގެ ގޮތުން އދ އިން ރާއްޖެއަށް 366 މިލިއަނަށްވުރެ އިތުރު އަދަދެއް ފޯރުކޮށްދީފައިވާއިރު، ފައިނޭންޝަލް ސަޕޯޓް ފޯ ޑިވެލޮޕްމެންޓް ޕްރޮސެސްގެ ނަމުގައި އަބޫދާބީ ފަންޑުން ރާއްޖެއަށް 771 މިލިއަން ރުފިޔާގެ އެހީ ދީފައިވެއެވެ. އދ އަދި އީޔޫ އާއި އިސްލާމިކް ޑިވެލޮޕްމެންޓު ބެންކުގެ އިތުރުން ނެދަލެންޑުންނާއި ޕާކިސްތާނުންވެސް ރާއްޖެއަށް ބޮޑެތި އަދަދުތަކުން ފައިނޭންސްކޮށްފައިވާއިރު މި ހުރިހާ މަސައްކަތްތަކަށް ޖުމުލަގޮތެއްގައި އެންމެހާ ފަރާތްތަކުން ދީފައިވާ މާލީ އެހީ 12.96 ބިލިއަނަށްވުރެ އިތުރުކަން ހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 27%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 18%ވަރަށް ދެރަ 45%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: